2030ވަނަ އަހަރުގެ ނިޔަލަށް ހާފިޒްކަމުގެ ސަނަދު ހޯދާ ތުޅާދޫގެ ފުރަތަމަ ބައިވެރިޔާ އަށް 130،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިފި އެވެ.
މި އިނާމު ހުށަހަޅާފައިވަނީ ތުޅާދޫ ސްޕޯޓްސް ކްލަބްގެ 22ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އެރަށު މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އެކްލަބުގެ ރައީސް ހުސެން ރަޝީދު އެވެ.
ކްލަބުގެ ރައީސް ޙުސައިން ރަޝީދު ވިދާޅުވީ 2030ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް އެކި ފަރާތްތަކުން 130،000 ރުފިޔާގެ ހުށަހަޅާފައިވާ ކަމަށެވެ. ތުޅާދޫގައި ޤުރްއާން ހިތުދަސްކުރާ ހާފިޒުންގެ އާރެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ހުސެން ވިދާޅުވި އެވެ.
2030ވަނަ އަހަރުގެ ނިޔަލަށް ކީރިތި ޤުރުއާން ހިތުދަސްކުރައްވާ ކޮންމެ ހާފިޒަކަށް އިނާމު ކަނޑައަޅާފައިވާ ގޮތުގެ ތަފްސީލު ދެއްވަުން ހުސެން ވިދާޅުވީ :
31 ޑިސެމްބަރ 2030ގެ ނިޔަލަށް ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ހާފިޒަށް ތުޅާދޫ ސްޕޯރޓްސް ކުލަބުން 25000.00 ރުފިޔާ
ޤުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އާއިލާގެ ފަރާތުން 25000.00 ރުފިޔާ
ޤުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50000.00 ރުފިޔާ
ތުޅާދޫގެ ތައުލީމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުހައްމަދު މަނިކު (އެދުރުބެ) ކަރަންކާއާގެ / ބ.ކުޑަރިކިލު ގެ ހަނދާނުގައި 30000.00 ރުފިޔާ ތުޅާދޫ ސްޕޯޓްސް ކްލަބަކީ ޤުރްއާން މުބާރާތް ބާއްވައި އަދި ގައުމީ ފެންވަރުގައި ބާއްވާ އެކި މުބާރާތްތަކުން ތުޅާދޫ ދަރިވަރުންނަށް ފުރުޞަތު ހޯދައިދޭ ޚިދުމަތްތެރި ޖަމިއްޔާއެކެވެ. މި ކުލަބުގެ ނަމުގައި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވި ތުޅާދޫ ދަރިން ވަނީ ތުޅާދޫއަށް ރީތި ނަން ހޯދައިދީފައެވެ.





