މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނު އެއްރަށަކީ ބ.ދަރަވަންދޫ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ އއ. ތޮއްޑު އަށެވެ. އެ ރަށަށް 97.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ބ. ދަރަވަންދު އަށެވެ. އެއީ 78.5 މިލިމީޓަރުގެ ވާރެ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެ އަށް ވިއްސާރަކޮށް، ކަނޑުތައް ވަރަށް ގަދަވާނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
އުތުރާއި މެދު ރާއްޖެތެރެ އަށް މޫސުން ގޯސްވާނެތީ އެ އޮފީހުން މިއަދު މެންދުރު ފަހު ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓުގައި ބުނީ ހއ. އިން ފެށިގެން އދ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.