ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓަރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އިއުލާނު ކޮށްފި އެވެ.
ދަރަވަންދޫ ކޯޓާއެކު ހަތް ރަށަކަށް އިސް މެޖިސްޓްރޭޓުން އަދި ތިން ރަށަކަށް މެޖިސްޓްރޭޓުން ހޯދަން ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ވަނީ އިއުލާނުކޮށްފައެވެ.
އެ އިއުލާނުގައި ވާގޮތުން، 25،600 ރުފިޔާ މުސާރަ އާއި އެލަވެންސް އިސް މެޖިސްޓްރޭޓަށް ލިބޭނެއެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވެންސް އާއި މެޑިކަލް އިންސުރެންސް ވެސް ލިބޭނެ ކަމަށް ބުނެފައިވެެއެވެ.
މި މަގާމްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޭޕްރިލް 20 ވަނަ ދުވަހުގެ 12:00 އެވެ.