މިރޭ ހިފާ ހަނދުކޭތަ އާއެކު ރާއްޖޭގެ ހުރިހާރަށެއްގައިވެސް ކޭތަ ނަމާދު ކުރާނެ

l_1474056361178v2Z-1.jpg

ސުޕަމޫން ނޫ ހަނދަކާ (ބްލޫމޫން) އެކު މިރޭ ހިފާ ފުރިހަމަ ހަނދުކޭތަ އާއެކު ރާއްޖޭގެ ހުރިހާރަށެއްގައިވެސް ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއީ ފަލަކީ ތިން ޙާދިސާއެއް އެކުވެގެން ހިފާ ހަނދު ކޭތައެއްކަމަށް ފަޒާގެ އިލްމުވެރިން ވިދާޅުވެއެވެ. ފުރަތަމަ ކަމަކީ މާދަމާ ރޭގެ ހަނދު ބުލޫމޫންއަކަށް ވުމެވެ. ދެވަނަ ކަމަކީ އާދައިގެ ހާލަތުގައި ހުންނަ ވަރަށްވުރެ ދުނިޔެއާ ގާތުގައި ހަނދު ހުރުމެވެ. މިހާލަތަށް ކިޔަނީ ސުޕަމޫން އެވެ. ތިންވަނަ ކަމަކީ ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމެވެ. މިހާލަތަށް ކިޔަނީ ހަނދުކޭތަ ހިފުމެވެ. މިހާލަތު އަންނާނެ ކަމަށް ފަޒާގެ އިލްމުވެރިން ވިދާޅުވަނީ ކޮންމެ ސަތޭކަ ފަންސާސް ހަ އަހަރުން އެއްފަހަރުއެވެ.

މިރޭގެ ހަނދު، ނޫ ހަނދަކަށް ނުވަތަ ބްލޫމޫން އަކަށްވަނީ ހަނދުގެ ކުލަ ނޫވެގެނެއްނޫނެވެ. ބްލޫ މޫންގެ ނަމުން ފަޒާގެ އިލްމުވެރިން ހަނދަށް ނަންދީފައިވަނީ މީލާދީ މަހެއްގެ ތެރޭގައި ދެފަހަރު ފުލްމޫން (ހުޅެވިހަނދު) އެއް ފެނުމުން ދެވަނަ ފަހަރަށް ފެންނަ ފުލްމޫން އަށެވެ.

މިރޭ ހަނދުކޭތަ ހިފާއިރު އޭދަފުށީގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ. ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ބޮޑުމިސްކިތުގައެވެ.

އޭޝިއާ، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ އިރުމައްޗަށްވެސް ހުރިހާ ސަރަހައްދުތަކަށް ވެސް ފެންނާނެ ކަމަށް ބެލެވޭ ހަނދުކޭތަ (ސުޕާ ބްލޫ ބްލަޑް މޫން) ރާއްޖެއަށް ފެންނަން ފަށާނީ މިއަދު 5:51 ހާއިރު އެވެ. ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މިރޭ 7:40 ހާއިރު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top