އަނުޝްކާ ވިހައިފި

Untitled_design_82_571_855.png

ބޮލީވުޑްގެ މަޝްހޫރު ތަރި، އަނުޝްކާ ޝަރުމާ ވިހައިފިއެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި ކައިވެނި ކޮށްގެން އުޅޭ އަނުޝްކާއަށް ލިބިފައިވަނީ އަންހެން ކުއްޖެއްކަމަށް ބޮލީވުޑްގެ ޚަބަރުތަކުންބުނެއެވެ.

އަނުޝްކާ ވިހެއުމާއި އެކު ވިރާޓް އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އެކަން ހިންދީ ބަހުންނާއި އިނގިރޭސި ބަހުން ވަނީ އިއުލާނު ކޮށްފައެވެ.

އަނުށްކާ ވިހަން ކައިރިވުމާއެކު ވިރާޓް ހުރީ ޗުއްޓީ ނަގައިގެން އައިސް އަނުޝްކާއާ އެކުގައެވެ.  އަލަށް އަންހެން ދަރިއަކު ލިބުމުގެ އުފަލުގައި ވިރާތު ބުނީ މި ވަގުތަށް ހުރީ ކެތްމަދުވެފައި ކަމަށާ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އަނުޝްކާ ބަނޑުބޮޑުވުމުން އޭނާ ވަނީ ފިލްމީ މަސައްކަތްތައް ހުއްޓާލާފައެވެ.

އެންމެ ފަހުން އަނުޝްކާ ފެނިގެން ގޮސްފައިވަނީ ”ޒީރޯ” އިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top