އަންނަ ދައުރުން ފެށިގެން އޭދަފުށީގައި 7 ކައުންސިލަރުން

ކައުންސިލް.jpg

އޭދަފުށީ ކައުންސިލް އިދާރާ

3000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ 7 މެންބަރުންގެ މައްޗަށް ކަމަށާ އަދި އެ ކައުންސިލުތަކުގައި އަންހެން 3 ކައުންސިލަރުން ތިބުން ލާޒިމްކުރާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އިއްޔެ ފާސްކޮށްފައިވާތީ އަންނަ ދައުރުން ފެށިގެން އޭދަފުށީގައި7 ކައުންސިލަރުން ތިއްބަވާގޮތަށް ހަމަޖެހިއްޖެއެވެ.އޭގެ ތެރޭގައި އަންހެން 3 މެންބަރުން ހިމެނުމަށް ލާޒިމް ކުރެއެވެ.

ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނު އަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެރަށުން އިންތިހާބު ކުރެވޭ މެންބަރުންގެ މައްޗަށް ކަމަށާއި މިގޮތުން 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލް މެންބަރުން ކަމަށެވެ. އެ ފަސް ކައުންސިލަރުންގެ ތެރޭގައި ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭ ގޮތަށްވެސް އެއިސްލާހުގައި ހުށަހަޅާފައިވެ އެވެ.

އަދި 3000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށާއި އަދި އެ ކައުންސިލުތަކުގައި ތިން އަންހެން ކައުންސިލަރުން ތިބުންވެސް ވަނީ ލާޒިމް ކޮށްފަ އެވެ.

މިއަދު ފާސްކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ.

މި އިސްލާހަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ވިދާޅުވީ މިއީ ވަރަށް “މާތް” އިސްލާހެއް ކަމަށާއި މިކަމުގެ އުފަލުގައި ރާއްޖޭގެ ހުރިހާ އަންހެނުން “މާ އުކަން” ފެނިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އާބާދީއަށް ބަލައި 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.

ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައިވަނީ ތިން ސަރަހައްދަކަށެވެ. އެއީ މާލޭ ސިޓީގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން، އައްޑޫ ސިޓީ ކައުންސިލަށް 13 ކައުންސިލަރުން އިންތިހާބުކުރަން ޖެހޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top