އޭދަފުށީގައި މިއަދު އެކްސިޑެންޓެއް ހިގައިފި

13119803_622975051201469_4086897643578261289_o.jpg

އެކްސިޑެންޓްގައި ގެއްލުން ލިބުނު ޓެކްސީ

 

މިއަދު ހެނދުނު އޭދަފުށީގައި ޖިޕަަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގައި ދެއުޅަނދަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއްކަމުގައި ޓެކްސީ ދުއްވަން އިން އިބްރާހީމް އަލީ ބުނީ ، އޭދަފުށީ ބަނދަރު ސަރަހައްދުން ހުޅަނގުން އިރަށް ޓެކްސީ ދުއްވާފައި އަންނަނިކޮށް އެމަގަށް ޖިޕް ހުރަސްކުރުމުގެ ސަބަބުން އެކްސިޑެންޓެއް ހިނގަން މެދުވެރިވީ ކަމުގައެވެ.

އެކްސިޑެންޓްގައި ގެއްލުން ލިބުނު ޖިޕް

އެކްސިޑެންޓްގައި ގެއްލުން ލިބުނު ޖިޕް

އޭނާ ބުނީ ޓެކްސީއަށް  ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމުގައއާއި އެންމެ މަދުވެގެންވެސް ފަސްދޮޅަސްހާހެއްހާ ރުރިޔާ މަރާމާތަށް ޚަރަދުވާނެކަމުގައެވެ.

މިއެކްސިޑެންޓގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top