ހަވަނަ ފަހަރަށް ފެނަކަ ޖުރިމަނާ ކޮށްފި.

b_DS0loMzx3GqB3lLgiUFrMDr0z.jpg

ގދ. ނަޑެއްލާގެ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފެނަކަ

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހެދުމަކާ ނުލައި ގދ. ނަޑެއްލާގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާތީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ދެލައްކައަށްވުރެ ގިނަ  ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މީގެ ކުރިންވެސް ފަސް ފަހަރެއްގެ މަތިން އީއައިއޭ ހެދުމާ ބެހޭ ގަވާއިދާ ހިލާފުވެގެން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފައިވެއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަން، 263,750 ރުފިޔާއިން ޖޫރިމަނާކުރީ އިއްޔެ ކަމަށެވެ.

އީޕީއޭއިން ބުނީ، ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކުރީ، ނަޑެއްލާ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުގައި އީއައިއޭ ހެދުމާ ބެހޭ ގަވާއިދާ ހިލާފަށް މަސައްކަތް ފެށުމުގެ ކުރިން އެ އެޖެންސީން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސައްކަތް ފަށާފައިވާކަން އެކުންފުނީގެ ފަރާތުން ޔަގީންކޮށްދީފައިވާތީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.

އީޕީއޭއިން ބުނީ، ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކަން ޖެހޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top