ހަސަން ހުށަހެޅި ބައެއް އިސްލާހުން ގިނަ ކުޅިވަރު ތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ: މަހުލޫފް

T8WenaUnPvqs3tfKlHUZjKXjn0sEN5ieKEF3EZRu.jpeg

ޔޫތު މިނިސްޓަރު މަހުލޫފް

ކުޅިވަރުގެ ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ހަސަން ވިދާޅުވީ، ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށާއި، ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހަސަންގެ މި ހުށަހެޅުމަށް ތާއީދު ކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުޅިވަރާ އެކު ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުމަކީވެސް ބޭނުންތެރިކަމެއްކަމަށާ ހަސަން ލަތީފުގެ ބިލުން މި ކަންކަން ހާސިލުވާނެ ކަމަށެވެ.

ބިލާ ގުޅިގެން މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ކުރިއަށްދާ ކަމަށާ އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް، ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ގަވާއިދުތަކާ އެއްގޮތަށް ކަމުގައެވެ. ނަމަވެސް ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވާއިރު ކުޅިވަރުގެ ކަންތައްތައް ސިޔާސީ ކުރާނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާ އިންވެސް ވަނީ ދީފައެވެ.

ކުޅިވަރުގެ ގާނޫނަށް ހަސަން އިސްލާހު ހުށަހެޅުއްވި މަގުސަދު ތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުަގއި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ.

އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއި އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމް ކުރުން ހިމެނޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top