މިއަހަރު ނިމުމުގެ ކުރިން އޭދަފުށީގައި ގޭހުގެ ހިދްމަތް ފަށާނެ – އެސްޓީއޯ އެމްޑީ

azim-.jpg

ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ގޭސް ވިއްކުމަށް އެސްޓީއޯއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން އޭދަފުށީގައިވެސް ގޭސް ވިއްކުމުގެ މަސައްކަތް ފެށޭނެކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވަގުތު ޑޮޓް އެމްވީއަށް އިއްޔެ މައުލޫމާތު ދެއްވަމުން އާދަމް އާޒިމް މިހެން ވިދާޅުވިއިރު މިދިޔަ ހަފްތާތެރޭގައި އޭދަފުށިން އެސްޓީއޯއަށް ގޭހުގެ މަސައްކަތް ކުރުމާއެކު 17000 އަކަފޫޓްގެ ބިމެއް ދިނުމަށްވެސް އޭދަފުށީ ކައުންސިލުންވަނީ ނިންމާފައެވެ. އާޒިމް ވިދާޅުވީ އޭދަފުށީގެ އިތުރުން ހއ. ހޯރަފުއްޓާ، ހދ. ކުޅުއްފުށި އަދި ލ. ފޮނަދުއާ، އަޑުއަތޮޅުގެ އިތުރުން ފުވައްމުލަކުގައިވެސް މިހިދްމަތް މިއަހަރު ފެށޭނެކަމަށެވެ.

އާޒިމް ވިދާޅުވީ މިހިދްމަތްތައް ފަށަނީ އެސްޓީއޯގެ ފިހާރަތައް ގާއިމްކުރެވިފައިވާ ރަށްރަށުގައިކަމަށްވިޔަސް އަތޮޅުގެ އެހެންރަށްރަށަށްވެސް މިކަމުގެ ސަބަބުން ގޭސް ލިބުން ފަސޭހަވާނޭކަމަށެވެ. އަދި އިތުރު ވަޒީފާތަކެއް ހިދްމަތް ފަށާ ރަށްރަށުގައި އުފެދޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެސްޓީއޯއިން ހިއްސާވާ މޯލްޑިވް ގޭސްއިން މިވަގުތު ގޭހުގެ ހިދުމަތް ދެމުން ގެންދަނީ މާލެއާ ގދ. ތިނަދޫގައި އެކަންޏެވެ. މޯލްޑިވް ގޭސްއިން މިދިޔަ ހަފްތާގެ ތެރޭގައި 1000 މެޓްރިކް ޓަނުގެ ގޭސް ރާއްޖެ ގެނެސްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top