ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކާއެކު އޭދަފުށީ މެޑިކަލް ސެންޓަރު ހުޅުވަނީ

10383036_495467153916754_3422451833091093278_n.jpg

ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއެކު ބ. އޭދަފުށީ މެޑިކަލް ސެންޓަރުގެ ހިދްމަތް މިހަފްތާ ބަންދުތެރޭގައި ފެށުމަށް ހަމަޖައްސައިފިއެވެ.

އޭދަފުށީގައި އަލަށް ހުޅުވާ އަމިއްލަ ކްލިނިކްގެ ވެރިޔާ މުހައްމަދު ރަޝީދު ބުނީ ކަރުން މަތީގެ ޑޮކްޓަރެއްގެ ގޮތުގައި މިހަފްތާގެ ބަންދުތެރޭގައި އެކްލިނިކްގައި މަސައްކަތް ކުރާނީ އިންޑިއާގެ ޕީއާރުއެސް ހޮސްޕިޓަލުގެ ޑރ. ސަހީރު އަބްދުﷲ ކަމަށެވެ.

ހޮނިހިރު ދުވަހާ އާދީއްތަ ދުވަހު ބަލިމީހުން ބެލުމަށްޓަކައި މިހާރު އޮޕޮއިންޓްމަންޓް ހެއްދުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށް މުހައްމަދު ރަޝީދު ބުންޏެވެ. އޭނާ ބުނީ އެޕޮއިންޓްމަންޓެއް ހެއްދުމަށް -/350ރ ދައްކަންޖެހޭކަމަށެވެ.

ރަޝީދު ބުނީ ކުރިޔަށްއޮތް ދުވަސްތަކުގައި ތަފާތު ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން އެކްލިނިކަށް ގެނައުމަށް ނިންމާފައިވާކަމަށެވެ.

“މިއީ އަތޮޅުގެ ރައްޔިތުން ވީހާވެސް ކުޑަ ހަރަދަކުން ސްޕެސަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ ހިދުމަތް ފެށުމުގެ ގޮތުން މި ކުލިނިކުން ބާއްވާ ފުރަތަމަ ކޭމްޕް. ކުރިއަށް އޮތް ދުވަސްތަކުގައުވެސް ތަފާތު ބަލިތަކަށް ޚާއްސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްޕެސަލިސްޓުންގެ ޚިދުމަތް މި ކުލިނުކުން ލިބިގެންދާނެ” މުހައްމަދު ރަޝީދު ބުންޏެވެ.

ޑރ. ސަހީރު އަބްދުﷲ ދެއްވާ ފަރުވާތަކުގެ ތެރޭގައި ކަންފަތުން އެއްޗެހި އައުން، ނިދީގައި ގުގުރި ދެމުން، ބޮލުގައި ރިއްސުން (މައިގުރޭން)، ސައިސައިޓިސް ގެ އިތުރުން އަޑުއިވުމާއި ވާހަކަދެއްކުމުގެ މައްސަލަތައް ހިމެނެ އެވެ. އިތުރު މައުލާމާތައި އެ ޕޮއިންޓްމެންޓު ހެދުމަށް ގުޅާނީ 9631111 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top