މާދަމާއިން ފެށިގެން ސަރުކާރު މުވައްޒަފުންނަށް %35 އެލަވަންސް ލިބޭނެ

big_8SvUHiuwiP71mJV9hxrFGscTy.jpg

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބޭ މުވައްޒަފުންނަށް ވެސް މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އިއުލާން ކުރައްވަން އެ މަނިކުފާނު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ނަމަވެސް އެލަވަންސް ލިބޭނެ މުވައްޒަފުންނާއި ގުޅޭ އިތުރު ތަފްސީލެއް ރައީސް ހާމައެއް ނުކުރައްވައެވެ. ރައީސް ވިދާޅުވީ މުސާރައަށް ގެންނަ ބަދަލުތަކުގެ ތަފްސީލް މިރޭގެ ވަގުތެއްގައި ވަޒީރުން ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށެވެ.

ރައީސް ވިިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ހެޔޮ ބަދަލާއެކު، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށްވެސް މާދަމާއިން ފެށިގެން އެ އެލަވަންސް ލިބޭނެ ކަމަށެވެ.

“ޖުމްލަ 9838 މުވައްޒަފުންނަށް މިބަދަލުގެ ހެޔޮ އަސަރުކުރާނެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top