އޭދަފުށީ ޖޫނިއާ އޯޕަންގައި ވާދަކުރި ކުޅުންތެރިންނަށް އިންޑިއާއިން ތަމްރީނު ވުމުގެ ފުރުސަތު

big_FnH3QXOJTxO0tZwahSWPMQZZW.jpeg

ރިވައިވަލް ސްޕޯޓްސްއިން އޭދަފުށީގައި ކުރިޔަށް ގެންދާ އޭދަފުށީ ޖޫނިއާ އޯޕަން 2025ގެ މެޗެއްގެ ތެރެއިން- ފޮޓޯ: ރިވައިވަލް

ރިވައިވަލް ސްޕޯޓްސްއިން ކުރިޔަށް ގެންދާ އޭދަފުށީ ޖޫނިއާ އޯޕަން 2025ގެ ފައިނަލްގައި ވާދަކުރާ ކުޅުންތެރިންނަށް އިންޑިއާއިން ހިލޭ ތަމްރީނުވުމުގެ ފުރުސަތު ލިބިއްޖެއެވެ.

ރިވައިވަލް ސްޕޯޓްސްއިން ބުނީ އިންޑިއާގެ އޮޑިސާގައި ބިބާސް ޕަރިޑާ ހޮލީ ޗައިލްޑް ބެޓްމިންޓަން އެކަޑަމީގައި 2 ހަފްތާގެ ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ.

މި ފުރުސަތު ހުރިހާ ފައިނަލިސްޓުންނަށް ލިބިފައިވާއިރު އެތުލީޓުންނަށް އީމެއިލް މެދުވެރިކޮށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހެޅޭނެ ކަމަށް ރިވައިވަލް ސްޕޯޓްސް އިން ބުނެއެވެ.

28 ޑިސެމްބަރުގެ ނިޔަލަށް ހުޅުވިފައިވާ މި ފުރުސަތުގައި މި ޕްރޮގްރާމުގައި ބައިވެރިވާ އެތުލީޓުންނަށް ހުރުމާއި ކެއުން އަދި ޓްރޭނިން ފީތައް ހަމަޖައްސައިދޭނީ ބިބާސް އެކަޑަމީން ކަމަށާއި، ނަމަވެސް އިންޑިއާއަށް ދިއުމަށް ޓިކެޓް ނަގަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށް ރިވައިވަލްއިން ބުނެއެވެ.

ރިވައިވަލް ސްޕޯޓްސް އިން ބުނީ މިއީ އެތުލީޓުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށާއި މިއީ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2025 ކުރިޔަށްދަނީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް ކެޓަގަރީގެ މެޗުތަކެވެ. މި މުބާރާތުގެ ސިންގަލްސް އިވެންޓުގައި 166 ކުޅުންތެރިންނާއި، ޑަބަލްސް އިވެންޓުގައި 67 ޕެއާ ވާދަކުރެއެވެ.

މިއީ ރިވައިވަލް ސްޕޯޓްސްއިން ޖޫނިއާ އެތުލީޓުންނަށް ހާއްސަކޮށްގެން މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. މިއީ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގެ 2 ވަނަ އެޑިޝަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top