ޑޮލަރު ލިބުން މަދުވުމުން ބީއެމްއެލްއިން އިތުރު ފިޔަވަޅުތަކެއް

bml.jpg

ޑޮލަރު ލިބުން ދަތިވެ ރާއްޖޭން ޑޮލަރު ބޭރުވުން ހުއްޓުވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަނެއްކާ ވެސް އިތުރު ފިޔަވަޅެއް އަޅައިފި އެވެ.

ބޭންކިން ސިސްޓަމްގެ ތެރޭގައި ދައުރުވާ ޑޮލަރު މަދުވުމުގެ ސަބަބުން އިގްތިސޯދަށް ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް، ބީއެމްއެލް އިން މި ފަހަރު އެޅި ފިޔަވަޅާއެކު އޮންލައިން ޓްރާންސްފާ ޕްލެޓްފޯމްތަކާއި ބައެއް ޑިޖިޓަލް ވޮލެޓްތައް ބްލޮކް ކުރުން ހިމެނެ އެވެ.

ޑިޖިޓަލް ވޮލެޓްތައް ބްލޮކް ކުރި ނަމަވެސް ބްލޮކްކުރާ ޑިޖިޓަލް ވޮލެޓުތަކުން އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ރާއްޖޭން ބޭރުން ގެންނަ ފައިސާގެ ތެރެއިން 500 ޑޮލަރަށްވުރެ މަދު އަދަދުތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

މިކަން ތަންފީޒު ކުރުމަށްޓަކައި ބޭރުގެ ޓްރާންސެކްޝަން ތަކަށް ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގަވާއިދުން ބަލައި، ބްލޮކް ކުރަން ޖެހިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ.

މި ފިޔަވަޅު އެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޭރު ފައިސާގެ އައުޓްފްލޯ ކޮންޓްރޯލްކޮށް، ކޮންމެހެން ރާއްޖެއަށް އެތެރެކުރަން ޖެހޭ މުދާ ގެނައުމަށްޓަކައި ބޭނުންވާ ވަރަށް ޑޮލަރު ބެހެއްޓުމެވެ.

މީގެ ކުރިން ބީއެމްއެލްއިން ވަނީ ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ބައެއް ސައިޓްތަކާއި، އޮންލައިން ޓްރޭޑިން ސައިޓްތަކެއް ވެސް ބްލޮކްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top