ކަނދޮޅުދޫ އިސްލާއީލް ޒަކަރިއްޔާ ނިޔާވެއްޖެ!

b_DBnmJW7GXgHg8l2lSiA2krrB5.jpg

އޭދަފުށީގެ ވަރަށްގިނަ ބަޔަކު ދަންނަ ގާތް ރައްޓެއްސެއްކަމަށްވާ ކަނދޮޅުދު އިސްމާއީލް ޒަކަރިއްޔާ ނިޔާވެއްޖެއެވެ.

އިސްމާއީލް ޒަކަރިއްޔާ ނިޔާވެފައިވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހާލުބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު އެވެ.

އިސްމާއިލް ޒަކަރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެމެންބަރު ކަމުގެ އިތުރުން ދިގު މުއްދަތަކަށް ދައުލަތަށް ވެސް ހިދުމަތް ކުރައްވާފައެވެ. އިސްމާއިލް ޒަކައރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގައެވެ. އޭނާއަކީ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް އާއި ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލްގެ ވެސް ބައްޕައެވެ.

އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ފަރުވާ ހޯއްދަވަމުން އަންނަނިކޮށް ނިޔާ ވުމާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު މިވަނީ 33 އަށް އަރައިފައެވެ.

ރާއްޖެއިން މިހާތަނަށް 9،173 މީހުންނަށް ކޮވިޑް ޖެހުނު އިރު، 7،326 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 113 މީހަކަށް އަންނަނީ ފެސިލިޓީތަކުގައި ފަރުވާދެމުންނެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު