އޮގަސްޓު މަހު ދައުލަތުގެ އާމްދަނީ، އެއް ބިލިއަން

big_MZygaRH5yEohOKO-880x495.jpg

ފާއިތުވި އޮގަސްޓު މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނެފިއެވެ.

މީރާ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓުު މަހުގެ އާމްދަނީގެ 46 ޕަސެންޓަކީ އިންކަމް ޓެކްސް އިން ލިބުނު އާމްދަނީ އެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 783 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކުހުންނެވެ. ބީޕީޓީގެ ގޮތުގައި ދައުލަތަށް 474 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 27.8 ޕަސެންޓެވެ

ޖީއެސްޓީ އާމްދަނީގެ ގޮތުގައި އޮގަސްޓުމަހު ދައުލަތަށް ލިބިފައިވަނީ 293 މިލިއަން ރުފިޔާއެވެ.   މިއީ ޖުމްލަ އާމްދަނީގެ 17.2 ޕަސެންޓެވެ.

ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 76 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ޖުމްލަ އާމްދަނީގެ 4.5 ޕަސެންޓެވެ.

މީރާ އިން ބުނީ މިއަހަރުގެ އޮގަސްޓުމަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.6 ޕަސެންޓް އިތުރު ވެގެންދިޔައީ ކޮވިޑް19 އާއި ގުޅިގެން ލަސްކުރި ޓެކްސް ސުންގަޑިތައް އޮގަސްޓު މަހަށް ހަމަވާތީ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top