އަހަންނަކީ މުވާތިނަކީމެވެ.

31418189000_f7f10d77da_b.jpg

 

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

ތިރީގައި އެވަނީ އަރަބި ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. އާދެ، ‘އަނާ މުވާތިން’، އަހަރެންނަކީ މުވާތިނަކީމެވެ، މިލަވައިގެ ދިވެހިތަރުޖަމާއެކެވެ. ލަވަ ލިޔުއްވާފައިވަނީ ތޫނިސްގެ ޝާއިރެއް ކަމުގައިވާ މާޒިން އައްޝަރީފުއެވެ. ލަވަކިޔުއްވާފައިވަނީ ތޫނީސްގެ ފަންނާނެއްކަމުގައިވާ ލުތްފީ ބޫޝްނާގުއެވެ.

މިލަވައިގައި ބަލާލެވިފައިވަނީ ތޫނިސްގެ ސިޔާސީ މަސްރަހާއި ސިޔާސީވެރިންގެ މައްޗަށެވެ. މިލަވައިގައި ގައުމު ކުރިއެރުވުމުގެ މަސައްކަތަކާއި ހަވާލުވެ ތިއްބެވި ބޭކަލުން، އަމިއްލަ ފައިދާއަށް މަސައްކަތްކުރާކަމުގެ ވާހަކައަށް އިޝާރަތްކުރެވިފައިވެއެވެ. އަދި، މިކަމުގެ ސަބަބުން މުޅި ގައުމުވެސް ގެއްލި ހިނގައިދާނެކަމުގެ ބިރުހީވެ، އެކަން ލަވައިގައި ފާހަގަ ކުރެވިގެންދެއެވެ. އަދި، އެފަދަ ސިޔާސީ ބޭކަލުން ބޮޑެތި މަގާމުތަކާއި އެމަގާމުތަކާއި ގުޅިފައިވާ ފައިދާތައް ނެންގެވިކަމުގައިވިޔަސް، ގައުމު ވިއްކާލައި ގައުމުގެ މިނިވަންކަން ގެއްލުނަނުދިމަށް ލަވައިގައި ގޮވާލެވިފައިވެއެވެ. ދެން ލަވައާއި ލަވައިގެ ތަރުޖަމާ ހުށަހަޅާލަމެވެ.

أنا مواطن وحاير أنتظر منكم جواب                                                   އަހަންނަކީ މުވާތިނަކީމެވެ. އަހަރެންވެ ވަނީ ވާނުވާއެއް ނޭނގި އޮޅުންއަރައި ކަލޭމެންގެ (ސާފު) ޖަވާބެއްގެ އިންތިޒާރުގައެވެ.

منزلي في كل شارع في كل ركن وكل باب                                             އަހަރެންގެ ގެ ވަނީ ކޮންމެ މަގުމައްޗަކާއި (ރަށުގެ) ކޮންމެ ކަނެއްގައާއި އަދި ކޮންމެ (ގެއެއްގެ) ދޮރުމައްޗެއްގައެވެ.
وأكتفي بصبري وصمتي                                                            (އަހަރެން އުޅޭނެ ތަނެއް ނެތަސް) އަހަރެން ކެތްކޮށް އެއްޗެކޭ ނުބުނެ، (މިކަންކަމުން ހިތްވަރު ލިބިގަނެ) ފުއްދާލަމެވެ.
وثروتي حفنة تراب                                                             އަހަރެންނަށް ލިބިފައިއޮތްހާވެސް މުދަލަކީ ވެލިމުށެކެވެ.
ما أخاف الفقر لكن كل خوفي من الضباب                                               އަހަރެންގެ ފަގީރުކަމާމެދު އަހަރެން ބިރުގަނެ ޖެހިލުމެއް ނުވަމެވެ. ނަމަވެސް އަހަރެންގެ ހުރިހާވެސް ބިރަކީ (ރަށުތެރޭގައި ފެތުރިފައިއޮތް، ސިޔާސީ) ދުންފިނީގެ (ސަބަބުން ތަންދޮރު ވަކިނުވުމެވެ).
ومن غياب الوعي عنكم كم أخاف من الغياب                                                 އަދި މިކަމުގެ ސަބަބުން ކަލޭމެންވެސް ތަންދޮރުވަކިވުމުން އެއްކިބާވެފައިވުމެވެ. މިތަންދޮރު ވަކިނުވުމާމެދު އަހަރެން ހާދަހާވާ ބިރެއްގަނެއެވެ.

أنا آنن                                                                      އަހަރެން(ގެ ހިތުގައި އަޅާ) ވޭނަކީ (އަހަރެންގެ ޝަކުވާއަކީ) މިއެވެ
سادتي وأنتم حكمتم حكمكم حكم الصواب                                                 އޭ މާތް ވެރިންނޭވެ! ތިޔަބޭކަލުން އެބަ ވެރިކަން ކުރައްވަމުއެވެ. އަދި ތިޔަބޭކަލުންގެ ވެރިކަން ކުރެއްވުން ހަމަ އެންމެ ރަނގަޅެވެ.
وثورتي كانت غنيمة وافرة لحضرة جناب                                               އަޅުގަނޑު(މެން) ގެނައި އިންގިލާބު ވީ ތިޔަބޭކަލުންނަށް ލިބިލެއްވި ބޮޑު ޣަނީމާއަކަށެވެ. އެއީ ތިޔަމާތް ބޭކަލުންނަށް ލިބިލެއްވި ކޮންފަދަ ފުރިހަމަ ޣަނީމާއެއްތޯއެވެ.
ما يهم ولا أبالي الدنيا ديسها بمداسي                                                 (ދުނިޔެ ނުލިބިގެން) އަޅުގަނޑު ކަންބޮޑުވެ ފިކުރެއް ނުކުރަމެވެ. އަދި އެކަމާމެދު ފަރުވާލެއްވެސް ނެތެވެ.

لكن خلولي بلادي                                                             ނަމަވެސް އަޅުގަނޑުގެ ރާއްޖެ (ވިއްކާ ނުލައްވާ) އަޅުގަނޑު އަތުގައި އޮތަ ދެއްވާށެވެ!

وكل ما قلتم على راسي                                                           ތިޔަބޭކަލުން ވިދާޅުވި ކޮންމެ ކަމެއް، ކިޔަމަންތެރިކަމާއިއެކު އަޅުގަނޑު އަދާ ކުރާނަމެވެ.

يا هناه اللي كان مثلي ما يهمو من ومن                                                ހުރި އުފަލެއްގެ ބޮޑުކަމާއެވެ! އަޅުގަނޑުމެންފަދަ މީހުންނަކީ މިވެނި މީހެއް ނުވަތަ އެވެނި މީހަކާމެދު ޖެހުލުންވެ ކަންބޮޑުވާބައެއް ނޫނެވެ.

أنتم أصحاب الفخامة والزعامة وأدري لن                                                އޭ ލަގަބުތަކާއި އިސްމަގާމުތަކުގެ ވެރި ބޭކަލުންނޭވެ! އަޅުގަނޑަށް އެނގެއެވެ. ދުވަހެއްގާވެސް …

لن أكون في يوم منكم يشهد الله والزمن                                             ދުވަހެއްގާވެސް އަޅުގަނޑު ތިޔަބޭކަލުންގެ ތެރެއިން ހިމެނިގެން ނުދާނެއެވެ. މިކަމަށް މާތްރަސްކަލާނގެ ހެކިވެވޮޑިގަންނަވާނެއެވެ. އަދި ޒަމާންވެސް ހެކިވާނެމެއެވެ.

أنا حلمي كلمة وحده                                                           އަޅުގަނޑުގެ ހުވަފެނަކީ ހަމަ އެއްމެ ލަފްޒެއްގެ (ދާދި ކުޑަކުޑަ ކަމެކެވެ.)

أن ظل عندي وطن                                                             އަޅުގަނޑުގެ ރާއްޖެ އަޅުގަނޑުގެ އަތުގައި އޮތުމެވެ.

لا حروب ولا خراب لا مصايب لا محن                                                ހަނގުރާމަތަކުންނާއި ތަންތަން ހަލާކުކޮށް ފުނޑުފުނޑުކޮށްލުމުން (އަޅުގަނޑުގެ ރާއްޖެ) ސަލާމަތްވެ އޮތުމެވެ. އަދި މުސީބާތްތަކުންނާއި ދަތިތަކުން (އަޅުގަނޑުމެން) ސަލާމަތްވެ ތިބުމެވެ.

خذوا المناصب والمكاسب لكن خلولي الوطن                                              ބޮޑެތި މަގާމުތަކާއި (އެމަގާމުތަކާއި ގުޅިފައިވާ) ފައިދާތައް ތިޔަބޭކަލުން ނަންގަވައި ގެންދަވާށެވެ! ނަމަވެސް އަޅުގަނޑުގެ ރާއްޖެ (ވިއްކާ ނުލައްވާ) އަޅުގަނޑު އަތުގައި އޮތަ ދެއްވާށެވެ!

يا وطن وأنت حبيبي أنت عزي وتاج راسي                                             އޭ އަހަރެންގެ ވަތަނާއެވެ! ކަލާއީ އަހަރެންގެ ލޯބިވެރިޔާއެވެ! ކަލާއީ އަހަރެންގެ (އަބުރާއި) އިއްޒަތެވެ! ކަލާއީ އަހަރެންގެ ބޮލުގައި އަޅުވާލެވޭ ތާޖެވެ!

أنت يا فخر المواطن والمناضل والسياسي                                              އޭ ރައްޔިތާގެ ފަޚުރުވެރި ވަތަނާއެވެ! އަދި ގައުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ މީހާއާއި ސިޔާސީމީހާގެ ވެސް ފަޚުރުވެރި ވަތަނާއެވެ!

أنت أجمل أنت أغلى أنت أعظم من الكراسي                                                ކަލާ މާރީއްޗެވެ. ކަލާ މާ އަގުބޮޑެވެ. ކަލާ މާ މަތިވެރިއެވެ. ހުރިހާ (ބޮޑެތި މަގާމުތަކުގެ) ގޮނޑިތަކަށްވުރެވެސް މެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top