ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ދޮންފަނުގައި ފެސްޓިވަލް އެއް

277203_a933501c-d_-2048x1365-1.jpg

ފަސްޓް ލޭޑީ ފަޒްނާ، ދޮންފަނުގައި ކުރިއަށް ދާ ފެސްޓިވަލް ހުލުވައިދެއްވުމަށް ދޮންފަނުގައި ފޮޓޯ: ރައީސް އޮފީސް

ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ބ. ދޮންފަނުގައި ފެސްޓިވަލް އެއް ބާއްވައިފި އެވެ.

ދޮންފަނު ކައުންސިލާއި، ސޮނެވާ ނަމޫނާ އާއި އަދި މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސްކިލް ސްކޫލް ގުޅިގެން “ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް” ނަމުގައި ކުރިއަށް ގެންދާ މި ފެސްޓިވަލްގައި އިއްޔެ އާއި މިއަދު ވަނީ ދޮންފަނުގެ ބަނދަރު އިރުމަތީ ކޮޅުގައި މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދެވެ.

މި ހަރަކާތުގެ ތެރެއިން ކުރިއަށް ދިޔަ “އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް” ގެ ވޯޓަރ ޕޯލޯ މުބާރާތުގެ ފައިނަލް މެޗު ފަށްޓަވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދެވެ. މި މުބާރާތަކީ އެކުވެރި ވާދަވެރި މާހައުލެއްގައި ރަށްފުށުގެ މުޖްތަމައު ތަކުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ “ޝޯ ޓު އޯޕަން ވޯޓަރ” ގެ ތެރެއިން ހިންގި ހަރަކާތެކެވެ.

ފަސްޓް ލޭޑީ ފަޒްނާ ވަނީ މި ފެސްޓިވަލްގެ ތެރެއިން ތަމްރީނުވި ސްވިމިންގ އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަހައްދުގައި ބޭއްވި ސިމިއުލޭޝަން ޑްރިލް ބައްލަވާލައްވާފައެވެ.

މި ފެސްޓިވަލުގައި، ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި ނަމޫނާ ފަސް ރަށެއްގެ 11 ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަސްވެނިވި އިންސްޓްރަކްޓަރުންނަށް މެޑަލް ދެއްވީ ވެސް ފަސްޓް ލޭޑީ ފަޒްނާ އެވެ. މި ފެސްޓިވަލްގައި އިންސްޓަރަކްޓަރުން ވަނީ ދަރަވަންދުއާއި ދޮންފަނާއި ކިހާދޫގެ އިތުރުން ކަމަދޫ އަދި ނ. އަތޮޅު ކުޑަފަރީގެ ބައިވެރިވުމާއެކު 200 ޒުވާނަކަށް ތަމްރީނު ދީފައެވެ.

އިއްޔެ ފެށި މި ފެސްޓިވަލް ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top