ގުރަހަ އެވޯޑް، އަންނަ މަހު 11 ގައި

DSC_7856.jpg

މިދިޔަ އަހަރު ބޭއްވި ގުރަހަ އެވޯޑް ހާސިލް ކުރެއްވި އާރިފާ ޔޫސުފަށް ޝރަފްވެރި މެހްމާން ޝާއިރާ މާ ބޮނޑި އަކުން މަރުހަބާ ދަންނަވަނީ

އޭދަފުއްޓަށް ތަފާތު ދާއިރާތަކުން ޚިދުމަތް ކޮށްފައިވާ ކަނބަލުންނަށް ދިނުމަށް އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިދިޔަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ތައާރަފު ކުރި ”ގުރަހަ އެވޯޑް“ މިއަހަރުވެސް އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދޭ ގޮތަށް ނިންމައި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހަކީ މާޗް 8 ވަނަ ދުވަހެވެ. އެދުވަހާއި ގުޅުވައިގެން މިއަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ މާޗް 11 ވަނަ ދުވަހުގެ ރެއެވެ.

މި އެވޯޑަކީ އޭދަފުށީގެ ތަރައްގީއަށާއި ކުރިއެރުމަށް ވަކިވަކި އަންހެނުން އަދާކުރާ ދައުރު ރަށު ފެންވަރުގައި ވަޒަންކުރުމާއެކު އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކޮމެޓީން ތައާރަފް ކުރި ޚާއްސަ އެވޯޑެކެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ފަސް ދާއިރާއަކުންނެވެ. އެއީ، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، އިޖްތިމާއީ ދާއިރާ، އިގްތިސާދި ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާއެވެ.

މި އެވޯޑަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން އެވޯޑަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 28 ފެބްރުއަރީ 2023 ގެ ކުރިން ރަށު ކައުންސިލަށް މެއިލް ކުރެއްވުމަށް އަންހެނުންގެ ކޮމެޓީން އެދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top