ރާއްޖޭގެ ހޫނުމިން މައްޗަށް! ސަމާލުވާން އިލްތިމާސްކޮށްފި

އޭދަފުށި

ރާއްޖޭގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައް ހިނގައިދާނެ ކަމަށް ލަފާ ކުރެވޭތީ ބޭރަށް ނުކުމެ އުޅޭ އިރު ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުވާނީ މެންދުރު 2 ޖަހާ އެހާއިރު ކަމަށް ވާތީ، އެ ވަގުތު ބޭރަށް ނުކުތުމުގައި ސަމާލުވާން ޖެހޭނެ ކަމަށެވެ.

އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް އެންމެ ހޫނު ގަދަ މަސް ކަމަށްވާ އިރު، މި ދުވަސްވަރު ވައި މަޑުވުމުގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވާ ކަމަށް މެޓުން ބުންޏެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރި މިންވަރަކީ :

ހަނިމާދޫ – 40.4 ޑިގްރީ ސެލްސިއަސް

ހުޅުލެ – 39.3 ޑިގްރީ ސެލްސިއަސް

ކައްދޫ – 40.4 ޑިގްރީ ސެލްސިއަސް

ކާޑެއްދޫ – 39.6 ޑިގްރީ ސެލްސިއަސް

ގަން – 39.8 ޑިގްރީ ސެލްސިއަސް

ހޫނުގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ

ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް

ވަރުދެރަވުން
އަކުނިވަޔަށްދެމުން
ބޮލުގައި ރިއްސާ ބޯ އެނބުރުން
ހަށިގަނޑުން ފެން މަދުވުމުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން
ލޮލަށް ލިބޭ ގެއްލުން

ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުންއަދި ވަރުދެރަވެ ބޮލުގައި ރިއްސާ ބޯއަންބުރާ ނުވަތަ އަކުނިވަޔަށް ދެމުންފަދަ ކަމެއް ފެންނަނަމަ ސިއްހީ ފަރުވާ ހޯދުން މުހިއްމު ކަން މެޓް އޮފީހުން ބުންޏެވެ.

މީގެއިތުރުން ކުޑަކުދިން ހޫނު ގަޑިތަކުގައި ބޭރަށް ނުގެންދިއުމާއި ގާތުން ކިރު ދިނުން ނުވަތަ ހަ މަސް ފުރިފައިވާ ކުދިންނަށް ދިޔާތަކެތި/ ފެން ދިނުމާއި ހޫނުގަދަ ގަޑިތަކުގައި ތުއްތު ކުދިން ބޭރަށް ގެންދަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިރުޝަދުދީފައިވެއެވެ.

އަވިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

ކުޑަ ބޭނުން ކުރުން
ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ހެދުން ލުން
ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުން ކުރުން
ގިނަވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަން ސްކްރީން ލޯޝަނެއް ބޭނުން ކުރުން
ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
ޔޫވީ ރޭޑިއޭޝަން ފިލްޓާ ކޮށްދޭ ފަދަ އަވި އައިނެއް ބޭނުން ކުރުން
ހަކުރު ގިނައިން އެކުލެވޭ ބުއިންތައް ބޭނުން ނުކުރުން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top