ގުގުރިދެމުން ނުހުއްޓައިގެން އަނބިމީހާ ވަރިކޮށްފި

guguri.jpg

ނިދާއިރު މާގަދައަށް އަންހެންމީހާ ގުގުރި ދަމާތީ އޭނާގެ ފިރިމީހާ އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ ވަރިކޮށްފިއެވެ.

ޔަމަނަށް އުފަން ޔާސީން ،40، އަހަރުގެ އެ ފިރިހެން މީހާ ބުނީ އޭނާގެ އަންހެނުން މާގަދައަށް ގުގުރި ދަމާގޮތް ވަނީ ފަލަވުމުންކަމަށާއި އެހެންވެގެން އޭނާ އޭނާގެ އަންހެނުން ގާތު ޑައިޓް ކުރުމަށް އެދުނު ކަމަށެވެ.

ޑައިޓް ކުރަން ފެށިފަހުން 30 ކިލޯ ލުއިވެގެން ދިޔަކަމަށާއި ނަމަވެސް ޑައިޓްކުރުން ހުއްޓާލުމުން އަނެއްކާވެސް ބަރުދަން ވަރަށް ބޮޑުތަން މަތިވެގެންދިޔަ ކަމަށް ޔާސީން ބުންޏެވެ.

“ރޭގަނޑު އޭނާ ގުގުރި ދެމުން ނުހުއްޓާ އެންމެ މިނެޓަކަށް ވެސް. އަހަރެން އެތަށް ފަހަރަކު އާދޭސް ކުރިން ޑައިޓްކޮށް ކަސްރަތުކުރަން ބަރުދަން ދަށްކުރަން. އެކަމަކު އޭނާ އެކަން ކުރުމަށް ހެދީ ދެކޮޅު. އެހެންވީމަ ދެން ވަރިކުރުން ނޫން އެހެން ގޮތެއް ނެތުމުން އަހަރެން ނިންމީ ދެން އޭނާ ވަރިކުރަން” ޔާސީން ބުންޏެވެ.

މި ދެމަފިރިން ވަރިވެފައިވާއިރު މި ދެމަފިރިންގެ 3 ދަރިން ތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top