އޭދަފުށި އިންޖީނުގެ ހިންގެވުން ރިޒާއަށް

20160811_113900.jpg

މުހައްމަދު ރިޒާ

“ފެނަކަ” ކޯޕަރޭޝަންގެ ދަށުން ހިންގާ އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ އަހްމަދު އަންވަރު ޗުއްޓީ ނެގުމާއި ގުޅިގެން އެތަން ހިންގެވުން އިންޖީނުގޭގެ އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި އޭދަފުށީ ނަރުގިސްވިލާ މުހައްމަދު ރިޒާއާއި ހަވާލުކޮށްފިއެވެ.

މަގާމާ ހަވާލުވުމަށްފަހު ރިޒާ ވިދާޅުވީ އިންޖީނުގޭގައި މަސައްކަތްކުރަން ތިއްބެވީ ވަރަށް އެކަށީގެންވާ ޓީމެއްކަމަށާއި މި ޓީމާއެކު ކޮންމެ މަގާމެއްގައި މަސައްކަތް ކުރުމަކީވެސް ލިބޭ އުފަލެއް ކަމުގައެވެ. އަދި ގުޅިގެން އެންމެން އެކުގައި މަސައްކަތް ކުރާނަމް އޮފީސް ހިންގުމަށް އެއްވެސް ގޮން ޖެހުމެއް ނެތްކަމުގައެވެ.

ރިޒާ ވިދާޅުވީ އޭދަފުށީ އިންޖީނުގެއަކީ ޚިދުމަތްދިނުމުގައި އަވަސްކަމާ އޯގާތެރިކަމާއެކު  މީހުންނަށް ފޭސްކުރާ ތަނެއްކަމަށް ވާއިރު ވަކި މީހަކު އައުމަކުން ނުވަތަ ނެތުކަކުން އެކަން ބަދަލެއް ނުވާނެކަމުގައެވެ. އަދި އެރޮގުން އެއްވެސް ގޮން ޖެހުމެއް ނެތްކަމަށާއި ޚިދުމަތް ހޯދަންއަންނަ މީހުންނަށް ފަސޭހަވާގޮތަށް ހުރިހާ ކަމެއްވެސް ހަމެޖެހިގެން ދާނެކަމުގައެވެ.

އިތުރަށް އޭނާ ވިދާޅުވީ މި ބްރާންޗްގައި އޭނާއަށްވުރެ ސީނިއަރ މުވައްޒަފުންވެސް އެބަތިބި ކަމަށާއި އޮފީސް ހިންގުން އެއިން މީހަކާ ހަވާލު ނުކޮށް އޭނާ އާއި ހަވާލުކުރެއްވީ އޭނާގެ އިޚްލާސްތެރި މަސައްކަތް ކުންފުނީގެ އިސްވެރިން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުންނެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު