ބޯޑަރު ހުޅުވިފަހުން 24000 ޓޫރިސްޓް އެނދު އޮޕަރޭޝަންގައި.

under-water-restaurant-anantara-kihavah-villas-maldives-hotel-luxury-resort-island.jpg

ބ.އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށްރިސޯޓުގެ މޫދުއަޑީގެ ރެސްޓޯރަންޓް

ކޮވިޑްގެ ފަހުން ރާއްޖޭގެ ބޯޑަރުތައް މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވި ފަހުން 24،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޓު ކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ފަހުގެ މައުލޫމާތު އާންމުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން، 24،000 އަށް ވުރެ ގިނަ ބެޑް މިހާރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެއީ 223 އެސްޓެބްލިޝްމަންޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ އެސްޓަބްލިޝްމެންޓްތަކުގެ ތެރޭގައި ރިސޯޓާއި ހޮޓެލް އަދި ސަފާރީ ފަދަ އުޅަނދުތައް ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ހުރުމަށްފަހު އަލުން ހުޅުވާލިއިރު ރާއްޖޭގައި އޮޕަރޭޓް ކުރަން ފެށީ އެންމެ 37 ރިސޯޓާއެކު އެވެ.

އޭގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވައި، ލޯކަލް ޓޫރިޒަމް ފަށައިގަތުމުން ފަތުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު ބަދަލެއް އައިސް، ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެއަށް 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. އެއާއެކު ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 24،000 އަށްވުރެ މައްޗަށް އަރައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top