މިއަދުގެ މެޗުން މޮޅުވީ އޭދަފުށްޓާއި ގޮއިދޫ

DSCN1369.jpg

އޭދަފުށްޓައި ކިހާދު ބައްދަލުކުރި މެޗް- ފޮޓޯ :އީވީ

ބ.އަތޮޅު ކައުންސިލްގެ ބަށި މުބާރާތުގައި މިއަދު ކުޅެވުނު  ދެމެޗުން އޭދަފުށްޓާއި ގޮއިދޫ މޮޅުވެއްޖެ އެވެ.

ފުރަތަމަ މެޗުގައި އޭދަފުށްޓާއި ކިހާދޫ ބައްދަލުކޮށްގެން އޭދަފުށި މޮޅުވެފައިވަނީ 32 ލަނޑު 20 ފޯލިންނެވެ. މިމެޗުގައި ކިހާދޫއަށް ހެދިފައިވަނީ 12ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އޭދަފުށީ ޓީމުގެ ހައްވާ އަބްދުއްރަހްމާން އެވެ. ހައްވަ ވަނީ 50 ބޯޅަ ޖަހައި 99 ބޯޅަ ހިފައިފަ އެވެ.

ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ގޮއިދޫއާއި ހިތާދޫއެވެ. މިމެޗުން ގޮއިދޫ މޮޅުވެފައިވަނީ 29ލަނޑު10 ފޯލިންނެވެ. މި މެޗުގައި ހިތާދުއަށް ހެދިފައިވަނީ 21 ލަނޑެވެ.

128ބޯޅަ ޖަހައި 39 ބޯޅަ ހިފައިގެން މިމެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ގޮއިދޫ ޓީމުގެ ފާތިމަތު މިލްނާ އެވެ.

މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި މާޅޮހެވެ. ދެވަނަ މެޗުގައި ކިހާދޫއާ ދެކޮޅަށް ނުކުންނާތީ ހިތާދޫ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top