ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދައިފި

l_147897731146Lly6-1.jpg

އެސްޓީއޯ މިނިވަން ޗެމްޕިއަން ޝިޕްގެ ޗެމްޕިއަންކަން އޭދަފުށްޓަށްލިބުމުން އެ ޓީމު އުފާ ފާޅުކުރަމުން ސަނީ -ފޮޓޯ : ސަން އޮންލައިން

އެސްޓީއޯ މިނިވަން 50 ފުޓްމުބާރާތުގެ ފައިނަލް މެޗު އޭދަފުށި ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފައިނަލުގައި އޭދަފުށި ވާދަކުރަން ނުކުތީ މިމުބާރާތުގެ ސެމީ ފައިނަލުގައި 1-0ން އޭދަފުށި ބަލިކޮށްފައިވާ ތިމަރަފުށްޓާ ދެކޮޅަށެވެ.

ދެޓީމުގެ އެތައް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި އޭދަފުށި ޓީމުންވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހައި ލީޑު ނަގާފައެވެ.  މެޗްގެ 10ވަނަ މިނިޓުގައި ލަނޑު ޖަހާފައިވަނީ އިތުބާރު ފޯވާޑް ސާމީ އިބްރާހީމެވެ. ތިމަރަފުށީގެ ޕެނަލްޓީ އޭރިއާގެ ބޭރުން އިރު ދެކުނުން އޭނާ އަށް ލިބުނު ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ބޯ މަތިންނެވެ.

ލަނޑަށް ފަހުވެސް ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިވެގެން ދިޔައެވެ، އެގޮތުން މެޗުގެ 40 ވަނަމިނިޓާއި 46 ވަނަ މިނިޓުގައި އޭދަފުށީ ގެ ޝިފާހުއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ހުސްކޮށް އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ފޮނުވާލި ދެ ބޯޅަވެސް ދިޔައީ ގޯލްދަނޑިން ބޭރަށެވެ.

ދެވަނަ ހާފުފެށިގެން އައިއިރު ތިމަރަފުށްޓަވެސް ލަނޑުޖަހާނެ ފުރުސަތު ތަކެއް ތަނަވަސްވެގެން ދިޔައެވެ. އެހެންނަމަވެސް އޭދަފުށީ ޓީމުގެ މުޅި ރޫހުގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކޮށްފައިވާ ކީޕަރ ޒީޔަޒަންގެ ހުޝިޔާރުކަމާ ތަޖްރިބާގެ ބޭނުން ހިފައި އެހަމަލާތައް ނާކާމިޔާބު ކޮށްލިއެވެ.

މެޗްގެ 81 ވަނަ މިނެޓްގައި އޭދަފުއްޓަށް މެޗުގެ ނަތީޖާ ޔަގީން ކުރުމަށް  ރަނުގެ ފުރުސަތެއް ލިބުނެވެ. ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) ގެ އެއްބަނޑުއެއްބަފާ ބޭބޭ މުހައްމަދު ފާސިރު (ފާއްޓޭ) ތިމަރަފުށީ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ ތިމަރަފުށީ އޭރިއާ ތެރޭގައި ހުހަށް ހުރި ޝިފާހް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްދަނޑީގެ އަރިމަތީ ދާގަނޑަށެވެ.

l_147897728436xiyt

މެޗްގެ 89 ވަނަ މިނެޓްގައި ތިމަރަފުށީގެ އަހްމަދު ހައިލަމް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭދަފުށީގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިއަށް ވުރެ ހަމަ ކުޑަކުޑަތަންކޮޅެއް މަތިން ބޭރަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި މުހިއްމު ގިނަ ކުޅުންތެރިން ނުލައި ކުޅެ އޭދަފުށި ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ ބަލިކުރުމަށް ފަހު އެވެ. އެ މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު، އެ ޓީމުގެ ގޯލު ބެލެހެއްޓި ކުރިން ވިޔަންސާ އާއި ނިއު ރޭޑިއަންޓުގެ ކުރީގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top