އަންނަ އަހަރު އޭދަފުށީގައި 100 ހައުސިންގ ޔުނިޓް

Eydhafushi-arial.jpg

އޭދަފުށި

 

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެެެޓުގައި ޕީއެސްއައިޕީގެ ދަށުން  އޭދަފުށީގައި އަންނަ އަހަރު 100 ހައުސިންގ އެޅުމަށް ވަނީ ހިމަނާފައެވެ.

އޭދަފުށީގެ ބިމަށް އިތުރުކުރެވިފައިވާ 22 ހެކްޓަރުގެ ބިން ބޭނުންކުރާނޭ ޕްލޭނެއް މިހާރު އެކުލަވާލާފައިވާ އިރު ހައުސިންގ ޔުނިޓުތަކެއް އެޅުމަކީ އޭދަފުށީ މީހުން ކުރަމުން އަންނަ އުއްމީދެކެވެ.

އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމަށް އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަތްރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ޖުމްލަ 50 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top