ދަހެލީޒްގެ ތަރި، ތްރިދާ ޗައުދަރީއާއި ހަރްޝަދު ޑޭޓްކުރަނީ ؟

tridha-hardshad-relationship-comments.jpg

ސްޓާރޕްލަސްއިން މިދިޔަ ހަފްތާގައި ދައްކާ ނިމުނު “ދަހެލީޒް” ޓެލެޑްރާމާގައި ލީޑްރޯލް ކުޅެފައިވާ ތްރިދާ ޗައުދަރީއާއި ހަރްޝަދުއަރޯރާ އާއި ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ތަފާތު އަޑުތައް އަރާފައި ވަނިކޮށް އެކަމުގެ ޖަވާބު ތްރިދާ ދީފިއެވެ.

އުތުރު އިންޑިއާއަށް ނިސްބަތްވާ ރީތި އަދި ހުނަރުވެރި ބަތަލާ ތްރިދާ އާއި ހަރްޝަދު ކުޅެފައިވާ ދަހެލީޒް މިދިޔަ ހަފްތާގައި ނިމުމާއެކު ގިނަ ބަޔަކު ހީކުރީ ޑްރާމާއާ އެއްގޮތަށް ހަރްޝަދުގެ އަމިއްލަ ދިރިއުޅުންވެސް ތްރިދާ އާއެކު ކުރިއަށް ގެންދާ ކަމުގައެވެ. އޭނާގެ ރައްޓެހިންނާއި ފޭނުންވެސް މިސުވާލު ސީދާ ތްރިދާ އާއި ވެސް ކުރިމަތި ކޮށްފައި ވާތީ މިކަމާ ބެހޭ ގޮތުން ތްރިދާ ބުނެފައިވަނީ ހަރްޝަދުއާ އަދި ޑޭޓްކުރަން ނުފަށާ ކަމުގައެވެ.  ހަރްޝަދުއަކީ އޭނާގެ ބެސްޓް ފްރެންޑް ނުވަތަ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށާއި ހަރްޝަދު ހުންނާނީ ތްރިދާއަށް ހުރިހާކަމެއްގައިވެސް އެހީވާ މަދަދުގާރެއްގެ ގޮތުގައި ކަމަށެވެ.

” އަހަންނަށް އަދި ކިރިޔާ 22 އަހަރު މިވީ. މި އުމުރަކީ ކައިވެންޏަށް ވިސްނުމަށް އެންމެ ރަނގަޅު އުމުރުކަމަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެންގެ ހުރިހާ ފޯކަސްއެއް މިހާރު ހުރީ ހަމައެކަނި އަހަރެންގެ މަސައްކަތާމެދުގަ. ” ތްރިދާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދަހެލީޒް ނިމުނު ފަހުން ތްރިދާގެ ވަގުތުތައް ހޭދަކުރަނީ އޭނާގެ އަންނަން އޮތް ޕްރްރޮޖެކްޓަށް  ތައްޔާރުވުމުގެ ގޮތުން މާޝަލް އާޓްސް ދަސްކުރުމުގައެވެ.

ދެން އެންމެ އަވަހަށް ތްރިދާ ފެންނާނީ ކޮންގޮތަކަށް ތޯ އެހުމުން އޭނާ އެކަމަށް ސީދާ ޖަވާބެއް ނުދީ ބުނެފައިވަނީ “ދަހެލީޒް” ނިމުމާއެކު ރަނގަޅު ހުށަހެޅުން ލިބެމުން ދާކަމަށާއި އެހެންނަމަވެސް ފުރަތަމަ އިސްކަން މިދެނީ އޭނާގެ އަންނަން އޮތް ފިލްމަށް ތައްޔާރުވުމުގެ ގޮތުން މާޝަލް އާޓް ދަސްކުރުމަށް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top