އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ތަފާތު ބޮޑުކޮށް ފައްޔާޒު މާކުރީގައި

fayyaz-voting.jpeg

ފައްޔާޒް ވޯޓު ލައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބުގައި މިހާތަނަަށް ސާފު ކުރެވުނު ނަތީޖާއިން ތަފާތު ބޮޑުކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އުޅުއްވަނީ މާކުރީގައި ކަމަށް ދައްކައިފި އެވެ.

ރަށްރަށުގެ ވޯޓުފޮށިތަކުގެ ނަތީޖާ އިއުލާން ކުރެވެމުން ދާއިރު، ގިނަ ފޮށިތަކުން ފައްޔާޒު ގެންދަވަނީ ކާމިޔާބު ކުރައްވަމުންނެވެ. މިހާތަނަށް ގުނިފައިވާ ވޯޓަށް ބަލާއިރު ފައްޔާޒު ވަނީ ގުނާ ނިމުނު 108ފޮށިން %60 ކާމިޔާބު ކުރައްވާފައެވެ.

މާލޭގެ ވޯޓު ފޮށިތަކުން އިމްތިޔާޒު ކުރި ހޯއްދަވާނެ ކަމަށް ބެލެވުނު ނަމަވެސް ހީކުރެވުނު ގޮތާއި ހިލާފަށް މާލޭގެ ގިނަ ފޮށިތަކުންވެސް ކުރިހޯއްދަވަމުން އަންނަނީ ފައްޔާޒެވެ. އަދި މީގެ އިތުރުންވެސް، މަލޭގައި ބެހެއްޓިފައިވާ ރަށްރަށުގެ ގިނަ ފޮށިތަކުންވެސް ތަފާތު ބޮޑުކޮށް ކުރި ހޯއްދަވަމުން ގެންދަވަނީ ފައްޔާޒު އިސްމާއިލެވެ.

ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުންވެސް އޭނާވަނި ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ހޯއްދަވާފައިވާ އިރު އިމްތިޔާޒް ފަހްމީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށުން ފައްޔާޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންވެސް ޖެހުނެވެ.

އިންތިހާބު ކުރިޔަށް ދިޔައިރު އިންތިހާބުގެ ސައްހަ ކަމާމެދު އިންތިގެ ކެމްޕެއިން ޓީމުން ސުވާލު ވެސް އުފެއްދިއެވެ. އެގޮތުން އިންތިހާބުގެ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވުމުން ހަތަރު ވޯޓް ފޮއްޓަކަށް ވޯޓުލުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެ ޓީމުން އެދިފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުރީން އޮތީ ހަވީރު ހަތަރެއް ޖަހަންދެން ވޯޓްގެ ކަންކަން ކުރިއަށް ގެންދާށެވެ. ނަމަވެސް އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ވަގުތު އިތުރު ކުރަން އިންތިހާބާ ބެހޭ ކޮމެޓީން ނިންމީ ވިއްސާރަވުމާއި އަދި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމާއި ގުޅިގެންނެވެ.  (ތަފްސީލް އަންނަނީ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top