ހައްޖު ކޯޓާ މިއަހަރު މަދުވެދާނެ!

big_opGedmfCU0FPUD7WVl3qUsXYV.jpeg

މިއަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާ މަދުވެދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ އާލަމި ވަބާގެ ކުރިން ސައުދީން ރާއްޖެއަށް އާންމުކޮށް ދެމުން އައީ 1،000 ކޯޓާ އެވެ. އެކަމަކު ބައެއް އަހަރުތަކުގައި އެއަށް ވުރެ އިތުރަށް ވެސް ކޯޓަށް ދީފައި ވެއެވެ. އެކަމަކު މިއަހަރު ކޯޓާ ލިބޭ އަދަދު މަދުވާނެކަން ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ސައޫދީން ގައުމުތަކަށް މިއަހަރު ދޭނެ ހައްޖު ކޯޓާގެ އަދަދުތައް ކަނޑައަޅާފައިވާ އިރު، ހަރަމައިންގެ ޓުވިޓާ އެކައުންޓުން ބުނެފައިވާ ގޮތުން ރާއްޖެއަށް ލިބޭނީ 453 ހައްޖު ކޯޓާ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މި އަހަރު ރާއްޖެ އަށް ލިބޭ ކޯޓާގެ އަދަދު ކުރީގެ ނިސްބަތަށް ވުރެ 45 ޕަސެންޓް މަދުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެކަމަކު ކޯޓާ އިތުރު ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ސައުދީން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ މިލިއަން މީހުންނަށެވެ. މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ބަލިމަޑުކަމާ ހެދި ހައްޖުގެ އަޅުކަމަށް ބުރޫ އަރައި، ހައްޖުގެ ފުރުސަތު ލިބޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކޮށްފައިވެ އެވެ.

މިއަހަރު އެންމެ ގިނަ ކޯޓާ ދީފައި ވަނީ އިންޑޮނޭޝިއާއަށެވެ. އެގައުމަށް 100,051 ކޯޓާ ކަނޑައަޅާފައިވެ އެވެ.

ދެން އެންމެ ގިނަ ކޯޓާ ދީފައިވަނީ ޕާކިސްތާން އަދި އިންޑިއާއަށެވެ. އެގޮތުން ޕާކިސްތާނަށް 81,132 ކޯޓާ ކަނޑައަޅާފައިވާ އިރު، އިންޑިއާއަށް ކަނޑައަޅާފައިވަނީ 79,237 ކޯޓާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top