ޝައްވާލު މަހު ހަރޯދަ ހިފިމީހާ މުޅިއަހަރު ރޯދަ ހިިފިފަދަ: ހުތުބާ

DSCN1354.jpg

އޭދަުށި މަސްޖިދު މުއީނުއްދީނުއް ސާނީ

ޝައްވާލު މަހު ހަރޯދަ ހިފައިފި މީހާ މުޅި އަހަރުދުވަހު ރޯދަ ހިފި ފަދަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

އެހެންކަމުން ހުތުބާގައި ވަނީ އެކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި ޝައްވާލް މަހުގެ ހަ ރޯދަ ޖެހި ޖެހިގެން ހިފިޔަސް ރަނގަޅުވާނެ ކަމަށާއި، ވަކިވަކީން ހިފިޔަސް ރަނގަޅު ވާނެ ކަމަށް ބުންޏެވެ.

ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ރަމަޟާން މަހުގެ ރޯދައާއި ވިދިގެން ޝައްވާލް މަހުގެ ސުންނަތް ހަރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ.”

“ރަމަޟާން މަހުގެ ރޯދައާއި ފިޠުރު ޒަކާތް” މި މައުލޫއަށް މިއަދު ދިން ހުތުބާގައި ބުނީ ފިތުރު ޒަކާތުގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި ލޯތްބާއި ކުލުނާއި އެކުވެރިކަން ގާއިމުވެގެންދާނެ ކަމަށާއި، އީދު އުފަލުގައި އެންމެނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހުތުބާގައި ބުނީ ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ ފަގީރުން އީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި އެމީހުންނަށް އެ ދުވަހުގެ މުހުތާދުތައް ފުއްދައިދީ އީދު އުފަލުގައި އެމީހުން ބައިވެރިކުރުމަށް ކަމަށެވެ. އަދި ފިތުރު ޒަކާތް ނެރުން ވާޖިބު ވަނީ އޮއްޓަރު ހުރި ގޮވާމުގެ ތެރެއިން އެ އަހަރަކު ކާން ގެންގުޅޭ އެއްޗަކުން ނަމަވެސް، މިއަދު ފަގީރުންނަށް ފައިދާ ބޮޑު ފައިސާއިން ޒަކާތް ދެއްކުމުން ކަމަށް މި ޒަމާނުގެ ގިނަ އިލްމުވެރިން ވިދާޅުވާ ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން ހުތުބާގައި ވަނީ ރަމަޟާން މަސް ނިމުނަސް ރޯދަ ހިފުން ހުއްޓައިނުލުމަށް ބާރުއަޅައިފައެވެ.

ހުތުބާގައި ބުނީ ރަމަޟާން މަސް ނިމުމުން ބައެއް މީހުން އެކަމާ އުފާ ކުރަނީ ބޮޑު ބުރަޔަކުން މިންޖުވާތީ ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު އުފާ ކުރަނީ ރޯދަ ހިފަިއ، ސޯލިހު އަމަލުތައް ގިނަ ކުރެވުނީތީ ކަމަށް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top