މަންތާ އެއަރގެ ފުރަތަމަ ބޯޓު މާލެ އަތުވެއްޖެ

big_7rQh3UPiYmNhCnIM3plEYUzby-1.jpg

މަންތާ އެއަރ ގެ ބޯޓެއް ހުޅުލޭ ވައިގެ ބަނދަރުގައި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ދަތުރުތަކުގެ އަގަށާ ޚިދުމަތަށްވެސް ރަނގަޅު ބަދަލު ތަކެއ ގެނައުމުގެ އުއްމީދާ އެކު މަންތާ އެއަރގެ ފުރަތަމަ ބޯޓު މިއަދު މާލެ ގެނެސްފިއެވެ.

މަންތާ އޭވިއޭޝަންގެ އޭޓީއާރް 600-72 މަރުކާގެ 72 މީހުން ޖާގައިގެ ބޯޓު ރާއްޖެއައުމުން މަރުހަބާ ކިއުމަށް ވެލާނާ އިންޓަރނެޝަނަލް އެއަރ ޕޯޓުގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ފުރިހަމަ ހިދުމަތްތަކާއެކު ފަށާ މި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަތަމަ ދ.ކުޑަހުވަދޫއަށް ދަތުރު ފެށިކަމުގައި ވިޔަސް ކަމަށް ވިޔަސް މި ބޯޓުގެ ދެވަނަ މަންޒިލަކީ ބ. ދަރަވަންދޫ އެވެ. މީގެ އިތުރުން ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރު ކުރާނެއެވެ.

ބޯޓަށް މަރުހަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގައި މަންތާ އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހަލީލް ވިދާޅުވީ ސިވިލް އޭވިއޭޝަންގެ ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރު ފަށަން އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށާ މަންތާ އެއާ އިން ދެ ކްލާހެއްގެ ޝީޓް ލިބެން ހުންނާނެ ކަމަށެވެ.

“މީގެ ބޭނުމަކީ އެހެން އެއާލައިންތަކަށް ވުރެ ތަފާތު، ފުރިހަމަ ހިދުމަތްތަކެއް ދިނުން،” ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މަންތާ އެއާ ފެށުމުން ދިވެހިންނަށް ޖާގަ ނުލިބުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

“ލޯކަލް މީހުންނަށް ހާއްސަ ފެއާ ތަކެއް ހުންނާނެ. ވަކި އަދަދެއްގެ ޝީޓް ތަކެއް ލޯކަލްސްއަށް ބްލޮކް ކޮށްފަ ހުންނާނެ. ކޮންމެހެން، ކޮންމެ މީހަކު މަންތާ އެއާ އަށް ދާކަން ނުޖެހޭނެ. ކޮންމެ ބޭފުޅަކު ވެސް ސްމާޓް ފޯނެއް ގެންގުޅޭ. އެހެންވެ ކޮންމެ ތަނަކު ހުރެގެން ވެސް ޓިކެޓް ބުކް ކުރެވޭނެ،” ހަލީލް ވިދާޅުވި އެވެ.

މަންތާ އެއާ އިން މި އަހަރުގެ ޑިސެމްބަރު މަހު ދެވަނަ ބޯޓު ގެންނާނެ އެވެ.

މަންތާ އެއާ އިން ދަތުރު ފެށިއިރު މިހާރު އެތެރޭގެ އުދުހުންތަކުގައި ހިދުމަތް ދެނީ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަނާއި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top