ކަސޯޓީ ޒިންދަގީކޭ ގެ ދެވަނަ ބައި އަންނަމަހު 25 ގައި ފަށަނީ

Erica-Fernandes-006.jpg

އެރިކާ ފެނާންޑޯޒް

1991 ވަނަ އަހަރު ދިވެހި އަންހެނުންގެ މެދުގައި މަގްބޫލު ކަމެެއް ހޯދި ހިންދީ ސިލްސިލާ ޑްރާމާ ކަސޯޓީ ޒިންދަގީ ކޭ ގެ ދެވަނަ ބައި އަންނަ މަހުގެ 25 ގައި ފަށާނެކަމަށް މި ސީރީޒްގެ ކްރިއޭޓަރ އެކްތާ ކަޕޫރު ބުނެފިއެވެ. ކުރިން އަންނަ މަހުގެ 10 ގައި ފަށަން އޮތް މި ސީރީޒް ލަސްކުރި ސީދާ ސަބަބެއް ބުނެފައި ނުވިޔަސް މި ސީރީޒް ފެށުމަށް ވާން ޖެހޭ ތައްޔާރީ ތައް މިހާރުވަނީ ނިމިފައި ކަމަށް އެކްތާ ބުނެއެވެ.

ސްޓާރ ޕްލަސް އިން ގެނެސްދޭ މިސީރީޒްގެ ކެރެކްޓަރުންގެ ނަންތައް އެންމެފަހު ވަގުތާ ހަމައަށްވެސް ސިއްރު ކޮށްފައިވާއިރު މިހާރުވަނީ އެ ނަންތައްވެސް އިއުލާނު ކޮށްފައެވެ. ކެރެކްޓަރތައް ތައާރަފް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ޝާހް ރުކް ޚާން އެވެ.

ޝާހުރުކްޚާން މި ޝޯގެ ޕްރޮމޯޝަން އަށް 720 މިނިޓް ހޭދަކޮށް 8 ކުރޯޑް ރުޕީސް ނެގިއެވެ.

އެކްތާގެ އިންސްޓަގްރާމްގައި އިއްޔެވަނީ ޝާހް ރުކްޚާން އާއެކު ކަސޯޓީގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް ޝެއަރކޮށް މިސީރީޒްގެ ކެރެކްޓަރ ތައާރަފްކޮށް ދިނީތީ ޝާހްރުކްޚާނަށް ޝުކުރު އަދާކޮށްފައެވެ. 

ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިގާ މިފަހަރު ޕްރޭނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑޯޒް އެވެ. އަދި އަނުރާގް ބާސޫގެ ރޯލު ކުޅޭނީ ޕާތު ސަމްތާން އެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top