މާލެއެކޭ އެއްގޮތަށް އޭދަފުށީގައިވެސް އަތްނުފޯރާ ފަށަށް އަގު އަރާފައިވާ ފިޔާ ،ބިސް އަލުވީގެ އާ ޝިޕްމަންޓެއް ރާއްޖެއިން ބޭރުން ގެނެސް އެތަކެތީގެ އަގުތައް ތިރި ކޮށްފިއެވެ. ކުރިން އޭދަފުށިން 35ރުފިޔާ އާއި 40 ރުފިޔާ އާ ދެމެދު އަގުތަކަށް ވިއްކަމުން އައި ފިޔާ ކިލޯއެއް ފަސްމުގޫ ފިހާރައިން މިހާރު ވިއްކަނީ 20 ރުފިޔާ އަށެވެ. އަދި ބިހެއްގެ އަގަކީ 2 ރުފިޔާ އެވެ. އަލުވި ކިލޯއެއް ވިއްކަމުން ގެންދަނީ 18 ރުފިޔާ އަށެވެ.
ފިޔާ ބަސްތާ އެއް ވިއްކަނީ 390ރުފިޔާ އަށެވެ. ބިސް ކޭހެއް 340ރުފިޔާ އަށް އަދި އަލުވި ބަސްތާ އެއްގެ އަގަކީ 350ރުފިޔާ އެވެ.
މާލޭ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު މިވަގުތު ހުރީ 400ރ. އަށެވެ. ބިސް ކޭހެއްގެ އަގަކީ 300ރ. އެވެ.
ފާއިތުވި ދުވަސް ކޮޅުގައި ފިޔާ ބިސް ލިބުން އަގު ބޮޑުވެފައި ވަނީ އީދާ ގުޅިގެން މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވުމާ ގުޅިގެން ކަމަށް ފަސްމުގޫ ފިހާރައިން ވާހަކަ ދެއްކެވި ޝަބީން އިބްރާހީމް ވިދާޅުވިއެވެ.
ޝަބީން ވިދާޅުވީ އާއްމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ މި ބާވަތުގެ ތަކެތި މާލެއެކޭ އެއްއަގުގައި ނުވަތަ އެއަށްވުރެ ހެޔޮ އަގުގައި މި ފިހާރައިން ލިބެން ހުންނާނެ ކަމުގައެވެ.
އޭދަފުށީ ފަސްމުގޫ ފިހާރައަކީ ގިނަ މުދާ ރާއްޖެއިން ބޭރުން ގެނެސް ބ. އަތޮޅުގައި ހޯލް ސޭލް އާއި ރިޓޭލް ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ ފިހާރައެކެވެ. އަދި ހުރިހާ ބާވަތެއްގެ މުދާވެސް ރަނގަޅު އަގުގައި ލިބެން ހުންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.