ސަމާލް ! ސަތޭކަ އާއި ފަންސާސް ޑޮލަރުގެ ފޭކް ނޫޓްތަކެއް އެބަދައުރުވޭ : އެމްއެމް އޭ

CznInS7XEAItC8c-800x450-800x450.jpg

ބީއެމްއެލް އޭދަފުށި ބްރާންޗް

ސަތޭކައާއި ފަންސާސް ޑޮލަރުގެ ފޭކް ނޫޓްތަކެއް އެބަދައުރު ވާކަމަށާ އެކަމަށް ސަމާލު ވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ ) އިން އަންގަވައިފިއެވެ.

މިކަމާގުޅިގެން އެމްއެމްއޭ އިން ރާއްޖޭގެ ބޭންކްތަކަށް ފޮނުވާފައިވާ ސިޓީ މީސްމީޑިއާގައި ބާރަށް ދައުރު ވަމުން ދާއިރު އެސިޓީގައި ބުނެފައިވަނީ ރާއްޖޭގައި ދައުރުވަމުން ދަނީ ވަރަށް ރަނގަޅު ކޮލެޓީއެއްގެ 100އާއި 50ގެ ފޭކު ނޫޓުތަކެއް ކަމަށާއި އެކަން ބޭންކުގެ ސަމާލު ކަމަށް ގެންނަ ކަމަށެވެ.

ދައުރުވާ ފޭކު ނޫޓުތައް ދެނެގަތުމަށް ކުރިޔަށް ވުރެ ބޮޑަށް ސަމާލުވެގެން ތިބުމަށާއި އެފަދަ ނޫޓެއް ފެނިއްޖެނަމަ އެމްއެމްއޭއަށް ފޮނުއްވުމަށްވެސް  ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top