ވޯޓުގައި ބައިވެރިނުވީ ދާއިރާގެ ރައްޔިތުންގެ ވިންދާ އިހުސާސާ އެއްގޮތަށް : އެމްޕީ ސަލީމް

image-a78573493e794e88e2a2fbd371cbc2b5fdaed89b31fc90a277d85315096bc111-V.jpg

އެމްޕީ ސަލީމް ،ހައުސިންމިނިސްޓަރ އަރިހުގައި

އަބުރު ރައްކާތެރިކުރުމާބެހޭ ބިލްގެ ނަމުގައި ޚިޔާލުފާޅުކުރުން ހަނިކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު އީސާ ހުށަހަޅުއްވާފައިވާ ބިލަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަތީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމުގައި ސަލީމު ވިދާޅުވެއްޖެއެވެ.

އޭދަފުށީ ވޮއިސް އާ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރައްޔިތުނގެ މަޖިލީހުގައި އޭނާ ތަމްސީލު ކުރަން ޖެހޭނީ އޭނާގެދާއިރާ ކަމާއި ދާއިރާގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް ގައުމަށާ ރައްޔިތުންނަށް ފައިދާހުރި ކޮންމެ ބިލަކަށް އާއެކޭ ބުނާނެކަމާއި އެނޫން ކަޮންމެ ކަމެއްގައި ނޫނެކޭ ބުނުމުގެ ހިތްވަރު އެބަހުރި ކަމުގައެވެ.

ޕީޕީއެމްގެ މޮޓޯއަކީ ވެސް”އެންމެ ފުރަތަމަ ގައުމު” ކަމަށް ވާއިރު މި ފަދަބިލަކަށް ވޯޓު ދިނުމުން އެންމެ ފުރަތަމަ އެއިސްކުރެވުނީ ގައުމު ތޯ އޭ ވިދާޅުވެ ސަލީމު ސުވާލު އުފެއްދެވިއެވެ.   އަދި ވިދާޅުވީ މިބިލަކީ ދުލާ ގަލަމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ބިލެއްކަން މުޅި ގައުމު އެއްއަޑަކަށް ގޮވަމުންދާއިރު އާއި ބައިނަލް އަގްވާމީ ޖަމާއަތްތަކުންވެސް މިކަމާ ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެކަންކަމާމެދު ވިސްނާލުމަކީ ނެތްކަމަކަށް ވެގެން ނުވާނެކަމުގައެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ގައުމަށް ފައިދާހުރި ކަންކަން ފަހަށް ޖައްސާލާފައި ތެޅިފޮޅިގަނެގެން އަވަސްއަރުވާލާފައި 24 ގަޑިއިތުގެ ތެރޭގައި ބިލް ފާސްކުރި ތަނެވެ.

ސަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އޭނާ ހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައެވެ. އިސްކަން ދޭނީ ދާއިރާގެ ރައްޔިތުންގެ ވިންދާ އިހުސާސްގެ މައްޗަށް ކަމުގައި ވިދާޅުވެ އެވާހަކަ ތަކުރާރުކުރެއްވިއެވެ.

މިބިލުގެ ވޯޓުގައިސަލީމު ބައިވެރިވެވަޑައިނުގަތުުމުން ސޯޝަލްމީޑިއާގައާއި ޚަބަރުފަތުރާ ވަސީލަތްތަކުން ވެސް ސަލީމަށް ދަނީ ޝުކުރު އަދާކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top