ކެންޑިޑޭޓުންގެ ބަސް: އަހްމަދު ރިޒާ

17309672_650788578441473_5312333916111687351_n.jpg

ކެންޑިޑޭޓްގެ ތައާރަފް :

ބ.އޭދަފުށީ އުނިމާގޭ އަހްމަދު ރިޒާ (ކޯޗް) އަކީ ނުވަދިހަގެ ކުރީކޮޅު އޭދަފުށީ ފުޓްބޯޅައިގެ އިތުރުން ގަލޮޅު ދަނޑުގައި އުދުހެމުން ދިޔަ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ މަޝްހޫރު ފޯވާޑެވެ. ގައުމީ މުބާރާތްތަކުގައި އޭނާގެ ބާރު ސްޕީޑާ، ފޯވާޑްލައިންގައި ދެއްކި ހުނަރު މިހާރުގެ ޒުވާނުންނަށް ނުފެނި ހިނގައިދާނެއެވެ. އެހެންނަމަވެސް ހާސްވާނެކަމެއް ނެތެވެ. ޒަމާނީ ފުޓްބޯޅައިގައި އޭދަފުށީގެ ކުޅުންތެރިން މިހާރު ދައްކާ ހުނަރަކީ ކޯޗްގެ ކޮޕީއެއް ނުވަތަ އޭނާގެ އޭރުގެ ހުނަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ. އޭނާއަކީ އިންޓަހައުސްގެ އިތުރުން ރަށުފެންވަރުގެ ބާއްވާ ބޮޑެތި މުބާރާތްތަކުގައިވެސް ޓީމްތަކަށް ކޯޗް ކަން ކޮށްދެމުން އަންނަ މޮޅު ކޯޗެކެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

ކައުންސިލަށް ކުރިމަތިލީ މައިގަނޑު ސަބަބަކީ ރައްޔިތުންނަށް ޚިދްމަތް ކުރުން. ދެން އަޅުގަނޑުގެ ދާއިރާ، އެއީ އޭދަފުށީ ފުޓްބޯޅަ ތަރައްޤީކުރުމަށް އެހީތެރިވުން. ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ކޮށްދިނުން

ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވީ ކީއްވެގެންތޯ ؟

އަޅުގަނޑަކީ އެމްޑީޕީ މެމްބަރެއް. އެމްޑީޕީންގެ އޭދަފުށީ އިސްވެރިންގެ ހުށައެޅުމެއް އަޅުގަނޑަށް ލިިބުނީ ކައުންސިލަށް ކުރިމަތިލާން. އަޅުގަނޑުވެސް މިކަމަށް ޝައުގުވެރިކަން ހުރީމަ، ކުރިމަތިލީ. ވަކި ޕާޓިއަކުން އަޔަސް އަޅުގަނޑު ފެންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި.

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލުގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

އޭދަފުށީގެ ފުޓްބޯޅަ އިތުރަށް ތަރައްޤީކޮށް، މޮޅު ކުޅުންތެރިން އުފެއްދުމަށް އަޅުގަނޑު އަމިއްލައަށްވެސް އެކަޑަމީއެއް ހަދަން ގަސްދުކުރަން. އަދި ކުޑަކުދިންނަށް ފުޓްބޯޅަ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، ސްކޫލްގެ ކޮންމެ ހައުސްއަކަށް އަޅުގަނޑު އަމިއްލަ ޚަރަދުގައި ޖޯޒީބައެއްވެސް ދޭން ނިންމާފަ އޮންނާނީ

އޭދަފުށީގައި ދީނީ ހޭލުންތެރިކަން ތަންކޮޅެއް ދަށްކޮށް އަޅުގަނޑަށް ފެންނަނީ. އެކަން ހައްލުކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. އަދި ޤުރުއާނާބެހޭ މަރުކަޒާ ގުޅިގެން އޭދަފުށިގެ ރައްޔިތުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމާ، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވިސްނަން

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން އަޅުގަނޑު ބަލާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ: 

އެމްޑީޕީގެ ފަރާތުން ކުރިމަތިލިޔަސް އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންނާ ގުޅިގެން. ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތައް. އަދި ކައުންސިލްގައި ނިންމާ ނިންމުންތަކަށް ވޯޓްދިނުމުގެ ކުރިން ރައްޔިތުންގެ ލަފާ އަހާނަން. އަބަދުވެސް ރައްޔިތުންނާ ބައްދަލުކުރެވޭނެ. ރައްޔިތުން އެދޭ އުފާވެރިކަން ހޯދާދެވޭނީ އަޅުގަނޑަށް ވޯޓްދީގެން. ކެންޑިޑޭޓް ނަމްބަރ 6 އަށް ވޯޓްދެއްވާ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top