ކްލަބް ކޮންބިނޭޝަން، ރަށު ކައުންސިލާއި ގުޅިގެން އޭދަފުށި ސާފުކޮށްފި

viber_image_2022-09-17_09-33-50-037-3.jpg

“ވޯލްޑް ކްލީންއަޕް ޑޭ” ފާހަގަކުރުމުގެ ގޮތުން ކްލަބް ކޮމްބިނޭޝަން ޖަމިއްޔާ (ސީސީ )އިން  އިންތިޒާމްކުރި ”ދުނިޔެ މަގޭ ”ހަރަކާތް އޭދަފުށީގައި ކުރިއަށް ގެންގޮސްފި އެވެ.

ސީސީ އާއި އޭދަފުށި ކައުންސިލް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ “ދުނިޔެ މަގޭ” ސާފުކުރުމުގެ ބޮޑު ހަރަކާތުގައި އޭދަފުށީގައި ހުންނަ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ އިތުރުން ބ.އަތޮޅު ތައުލީމީ މަރުކަޒާއި ބ.އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބައިވެރިވެފައެވެ.

މިކެމްޕޭނަކީ ދުނިޔެ ސާފުކުރުމުގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ސީސީ އިން ބުންޏެވެ.

ސީސީ އިން ބުނީ މި ހަރަކާތް ކުރިއަށް ގެންދިއުމަށް އަވައްޓެރި ބައެއް ރިސޯޓުތަކުންނާއި އޭދަފުށީ ކައުންސިލުން ދެއްވި އެއްބާރު ލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް “ވޯލްޑް ކްލީން އަޕްޑޭ” އާއި ގުޅިގެން ވެށި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top