ޓޮބްލެރޯން ގެ ވަކި ބެޗްތަކެއް ވިއްކުން މަނާކޮށްފި

l-intro-1679324909.jpg

ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ޗޮކްލެޓްގެ ވަކި ބެޗްތަކެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓީ މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްވިޒަލޭންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކު ޗޮކްލެޓުގެ، ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ބެޗެއް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރޮޓީސް ނެޓްވޯކް މެދުވެރިކޮށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

މިއީ ޗޮކްލެޓް އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށާއި އެހެން ކަމުން ތަޣައްޔަރުވެފައިވާ މިއުފެއްދުމުގެ ސަބަބުން ޕްލާސްޓިކް ކޮޅެއް ކަރުގައި ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮވެދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭ އިން ރާއްޖެ އެތެރެ ނުކުރުމަށާއި ވިއްކުން މަނާ ކޮށްފައިވަނީ ޓޮބްލެރޯން މިލްކް އަދި ޓޮޮބްލެރޯން މިލްކް ހަނީ އެންޑް އަލްމަންޑް ނޫގާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top