ރޯދަމަހު އޭދަފުށީގައި ވެސް އިހްޔާ ފޯރަމް ބާއްވާނެ

img-8241-1536x1024-1.jpeg

ޑރ. މުހައްމަދު ސައީދު އަލީ ސައީދު

އަންނަ ރަމަޟާން މަހު ރާއްޖޭގެ ހަތް ސަރަހައްދެއްގައި އިހްޔާ ފޯރަމް ބޭއްވުމަށް ނިންމާފައި އިރު އޭގެ ތެރޭގައި އޭދަފުށި ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުޒަކުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމުގައެވެ.

”ވީހާވެސް ފުޅާ ދާއިރާއެއްގައި ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ އަޒުމެއް.“ ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ދަރުސްތަކާއި ވޯކްޝޮޕްތަކާއި މީގެ ކުރިން ވެސް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ، ޒުވާނުންނާއި ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރަމް މި އަހަރު ކުރިއަށް ވުރެ ފުޅާކޮށް ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭދަފުށީގެ އިތުރުން ރާއްޖެތެރޭގައި އިހްޔާ ފޯރަމް ބާއްވަން ކަނޑައަޅާފައިވަނީ ހަތް ރަށެއްގައެވެ. އެއީ ލ. ފޮނަދޫ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށީ ސިޓީ އަދި އދ. މަހިބަދޫގައެވެ.

އޭގެ އިތުރުން ހަތް ދުވަހުގެ މުއްދަތަކަށް ބާއްވާ އައުޓްރީޗް ޕްރޮގްރާމަކާއި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ރަމަޟާން މަހުގެ ޚާއްސަ ގުރުއާން މުބާރާތް ވެސް މިއަހަރު ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ނިންމައިފާ ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top