ފޭކް އެކައުންޓްތައް ޑިލީޓްކޮށްލުމުން ފޮލޯވަރުންގެ އަދަދު މަދުވެއްޖެ

l_151213455948s8Ga.jpg

ޓްވިޓާ އިން ފޭކް ކަމަށް ބެލެވޭ އެތައް ހާސް އެކައުންޓެއް ޑިލީޓްކޮށްލުމާ އެކު އެތައް ބައެއްގެ ފޮލޯވަރުންގެ އަދަދު މަދުވެއްޖެ އެވެ

މިދިޔަ ބުރާސްފަތި ދުވަހު ޓުވިޓާއިން ބޮޓްތަކާއި ފޭކު އެކައުންޓްތައް އުނިކުރުމާއި ގުޅިގެން ރައީސް ޔާމީންގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓުން 24 ހާހަށްވުރެ ގިނަ ފޮލޯވާސް މަދުވިއެވެ.

ޓްވިޓާއިން އެ ބަދަލު ގެނައުމުގެ ކުރީގައި ރައީސް މައުމޫންގެ ޓްވިޓާ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދަކީ 134 ހާހެވެ. އެ ބަދަލަށްފަހު ރައީސް މައުމޫންގެ ޓްވިޓާ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 132 ހާސް ފޮލޯވާސް އަށް ވަނީ މަދުވެފައެވެ.

މީގެ އިތުރުން އެތައް ސެލެބްރިޓީންގެ ޓްވިޓާ ފޮލޯވާސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މި ގޮތުން ލަވަކިޔުންތެރިޔާ ކެޓީ ޕެރީގެ އެކައުންޓުން 1.5 މިލިއަން ފޮލޯވާސް ވަނީ މަދުވެފަ އެވެ. ކެޓީޕެރީއަކީ އެންމެ ފޮލޯވާސް ގިނަ ލަވަކިއުންތެރިޔާ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި ޓޭލާ ސްވިފްޓަށް ވެސް ދެ މިިލިއަނެއްހާ ފޮލޯވާސް ގެއްލިފައިވެއެވެ

މަޝްހޫރު ގިނަ ޝަހްސިއްޔަތުތަކާއި ސިޔާސީ ފަރާތްތަކަށްވެސް ވަނީ ޓްވިޓާ ފޮލޯވާސް ގެއްލިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފޮލޯވާސް ވަނީ 103.63 މިލިއަނުން 101 މިލިއަނަށް ދަށްވެފަ އެވެ. އެެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 340،000 ފޮލޯވާސްވަނީ ގެއްލިފައެެވެ. ޓްރަމްޕްގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 53 މިލިއަނަުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފޮލޯވަރުންގެ ތެރެއިން ތިން ލައްކަ މީހުން މަދުވި އިރު، އެގައުމުގެ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާންދީއަށް ފޮލޯކުރާ މީހުންގެ ތެރެއިން 17،000 މީހުން މަދުވިއެވެ.

ޓްވިޓާއިން ބުދަ ދުވަހު ބުނެފައިވަނީ ޓްވިޓާ ޔޫޒަރުންގެ ތެރެއިން ބޭނުން ނުކުރާ، ހެކްޓް އަދި ސްޕޭމް އެކައުންޓުތަކާއި ސަސްޕެންޑު ކޮށްފައިވާ އެކައުންޓުތައް އެއްކޮށް ޑިލީޓް ކުރާނެ ކަމަށެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 10 މިލިއަން އެކައުންޓް ޑިލީޓް ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top