ބ.އަތޮޅުގައި 17 ވޯޓްފޮށި

big_6OFfaB9xZjNRJb0.jpg

އަންނަ ސެޕްޓެމްބަރ މަހުގައި ބޭއްވުމަށް ހަމޖެހިފައިވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ބ.އަތޮޅުގައި ބެހެއްޓުމަށް ހަމޖެހިފައިވަނީ 17 ވޯޓް ފޮށި ކަމަށް ވޯޓާބެހޭ މައި އިދާރާ ، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިކަމާގުޅިގެން އެކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ވާގޮތުން އޭދަފުއްޓާ ތުޅާދޫގައި ކޮންމެ ރަށެއްގައިވެސް ތިން ވޯޓް ފޮށި ބަހައްޓާނެއެވެ. އަނެއް އެގާރަ ރަށުގައި ބެހެއްޓުމަށް ހަމޖެހިފައިވަނީ ކޮންމެ ރަށެއްގައި އެއް ވޯޓް ފޮއްޓެވެ.

އޭދަފުށީގެ އެއް ނަންބަރު ވޯޓްފޮށި ބަހައްޓާނީ އޭދަފުށި މަލްޓި ޕާޕޯސް ހޯލުގަ އެވެ. މި ވޯޓް ފޮއްޓަށް ވޯޓްލާނީ އޭދަފުށީ އިރުމަތީ އަވަށުގައި ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މެދު އަވަށުން  ޑެޒީ ހިނގުމުގެ އިރުން، ނޮޅިމަގުގެ އިރުން ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ދެ ނަންބަރު ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ޑޭޒީހިނގުމުގެ ހުޅަގުން، ނޮޅިމަގުގެ ހުޅަނގުން، ސަބްނަމު މަގުގެ އިރުން ހުރި ގޭގޭގައި ރަޖިސްޓްރީ ވެފައިވާ މީހުންނެވެ.

ތިން ނަންބަރު ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުހޮސްޕިޓަލުގަ އެވެ. މި ފޮށްޓަށް ވޯޓްލާނީ ޝަބްނަމު މަގުގެ ހުޅަނގުން ހުރި ގޭގޭގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ތުޅާދޫގައި ބަހައްޓާ އެއް ނަންބަރު ވޯޓްފޮށި ހުންނާނީ އެރަށު ސްކޫލު ޕޯޓިކޯ ތެރޭގައެވެ. ދެ ނަންބަރު ވޯޓްފޮށި ހުންނާނި އެ ރަށު ސްކޫލުގެ އިރުމަތީކޮޅު ހޯލުގަ އެވެ. ތިން ނަންބަރު ވޯޓްވޮށި ހުންނާނީ ސްކޫލު ހޯލުގެ ހުޅަނގު ކޮޅުގަ އެވެ.

ބ.އަތޮޅުގެ އެހެން ހުރިހާ ރަށެއްގައިވެސް ވޯތް ފޮށި ބެހެއްޓުމަށް ހަމޖެހިފައިވަނީ އެރަށެއްގެ ސްކޫލްގައި ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ އިއުލާނުގައި ބުނެފައި ވެ އެވެ.

މިފަހަރުގެ އިންތިހާބުގައި ބ.އަތޮޅުގެ އެއްވެސް ރިސޯޓެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top