ސައުދީން ރޯދައަށް ހަދިޔާކުރި ކަދުރު ހަވާލުކޮށްފި

DiOJfq1UwAAESC1-755x435.jpg

ސައޫދީ ސަރުކާރުން ހަދިޔާކުރި 50ޓަނުގެ ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތު

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހެޔޮ އެދުންތަކާ އެކު މިއަހަރުގެ ރޯދަމަހަށް ރާއްޖެއަށް ދޭން ނިންމި 50 ޓަނުގެ ކަދުރު މިއަދު ހަވާލުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ކަދުރުތަކާ ހަވާލުވެލެއްވީ ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާކުރެއެެވެ. އަދި އެކަދުރު ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ބަހަމުން ގެންދެއެވެ. އެހެންނަމަވެސް މިއަހަރު ރޯދަމަސް ނިމުނު އިރުވެސް ސައޫދީ ރަސްގެފާނު ދިވެހިންނަށް ހަދިޔާ ކުރި ކަދުރު ނުލިބޭތީ ގިނަބަޔަކު ދިޔައީ އެވާހަކަ ދައްކަމުންނެވެ.

މިއަދު މި ލިބުނު 50 ޓަނުގެ ކަދުރު އާންމުންނަށް ބަހާނެ އުސޫލުތައް މިހަފްތާގެ ތެރޭގައި އާއްމުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top