އެއްރިސޯޓުން އަނެއް ރިސޯޓަށް ދާ ނަމަ ކަރަންޓީނު ވާން ޖެހޭ

Kihaad-Beach-2.jpg

ކިހާ މޯލްޑިވްސް ރިސޯޓް - ފޮޓޯ ޓްރެވަލް ޕާސް މޯލްޑިވްސް

އެއް ރިސޯޓެއްގެ މުވައްޒަފަކު އަނެއް ރިސޯޓަށް ދާނަމަ 10ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެކަމަށް ޓުރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ގޮތަށް ހަމަޖެއްސީ ރިސޯޓު ތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ކަމަށެވެ.

މީގެ ކުރިން އެއް މެނޭޖުމަންޓަކުން ހިންގާ ރިސޯޓުތަކަށް ދިއުމުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާކަށް ނުޖެހެއެވެ. ނަމަވެސް ކޮވިޑް-19 ގެ ކޭސް ތައް އިތުރުވުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައްއަޅަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މި މަހުގެ 19ވަނަ ދުވަހު އެ މިނިސްޓްރީ އިން އުސޫލެއް ނެރެފައިވާނެ ކަމަށެވެ. އަދި އެ އުސޫލުގައި އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާ ފަރާތްތައް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިހާރު ފައްސިވާ މީހުންގެ ތެރެއިން ގިނައީ ރިސޯޓުތަކުން މި ބައްޔަށް ފައްސިވާ މީހުންނެވެ. އަދި ރިސޯޓުތަކުންވެސް ބައްޔަށް ފައްސިވަނީ މުވައްޒަފުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top