އަނަންތަރާ ކިހަވައް ރިސޯޓުގެ ސާވިސް ޗާޖް، ބޮލަކަށް 32000 ރުފިޔާ

anantara_kihavah_header_1920x1080.jpg

އަނަންތަރާ ކިހަވައްވިލާސް--ފޮޓޯ :އަނަންތަރާޑޮޓްކޮމް

ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވައް މޯލްޑިވްސް އިން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް މިމަހު 2،097 ޑޮލަރު (32،335 ރުފިޔާ) ދީފިއެވެ.

ލަގްޒަރީ ފެންވަރުގެ މި ރިސޯޓް ހުޅުވީއްސުރެ މި ރިސޯޓު އުޅެނީ ސާވިސް ޗާޖް ލިސްޓުގެ ކުރީގައެވެ.

ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން ސޮނެވާފުށިންވެސް ވަނީ މިދިޔަމަހު ކޮންމެ މުވައްޒަފަކަށް ދެހާހަށްވުރެ ގިނަ ޑޮލަރު ސާވިސްޗާޖްގެ ގޮތުގައި ދީފައެވެ. އެރިސޯޓުން މިމަހުވެސް ކުރީ މަހާ އެއްވަރުގެ އަދަދެއް ނުވަތަ އެއަށްވރެ ގިނައިން ލިބޭނެކަމަށް އެރިސޯޓުގެ މުވައްޒަފަކު މިނޫހަށް ވަނީ މައުލޫމާތު ދީފައެވެ.

ކޮވިޑް19ގެ ފަހުން އަލުން ރިސޯޓުތައް ހުޅުވިފަހުން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން ދާއިރު މި މަހު ސާވިސްޗާޖްގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދީފައިވަނިީ ހިލްޓަންގެ ދަށުގައި އޮންނަ ލަގްޒަރީ ބްރޭންޑް، ވަލްޑޯފް އެސްޓޯރިއާ އިން ރާއްޖޭގައި ހިންގާ އިތާފުށި ރިސޯޓުންނެވެ. އެރިސޯޓުގެ މުވައްޒަފުންނަށް މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 3،340 ޑޮލަރު (51،502 ރުފިޔާ) އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ވަޒީފާ ގެއްލުނު ނަމަވެސް، ބޯޑަރު ހުޅުވުމާއެކު ގިނަ ރިސޯޓުތައް ހުޅުވައިގވަޒީފާ ގެއްލުނު މުވައްޒަފުންގެ ތެރއިން ގިނަބަޔަކަށް ވަނީ އަލުން ވަޒީފާ ދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ބައިލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top