އަންނަ ރޯދަ މަހު ކަރަންޓު ބިލް 400 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ: ރައީސް

big_igZCbYnEGxWex81DE6auJzzDd-1.jpeg

އަންނަ ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ދިނުން، ނުވަތަ ކަންތައްތަކެއް ފަހިކޮށްދެއްވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންނަށް މަސްދަޅުކޭސް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޞާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް،“ ރައީސް ވިދާޅުވި އެވެ.

މިއީ ރައްޔިތުންގެ ކަރަންޓް ބިލަށް އަންނާނެ ބޮޑު ލުޔެއް ކަމަށާއި އަދި ބިލްގެ ބާކީ ބައި ސަރުކާރުން ޑިސްކައުންޓް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ރަމަޟާން މަހު ވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާއެއްގެ ގޮތުން ރައްޔިތުންނަށް މަސްދަޅު ކޭސް ބަހާފަ އެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓު ދީފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top