އެންމެ ހިންގުންތެރި ތިން އަންހެނުންގެ ކޮމެޓީއަށް ށ.އަތޮޅު ކައުންސިލުން އެވޯޑް ދެނީ

DSCN2526.jpg

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން ށ.އަތޮޅުގެ އެންމެ ހިންގުންތެރި ތިން ކޮމެޓީ އަށް ”މާރެސް އެވޯޑް“ ދޭން އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

މާރެސް އެވޯޑަކީ ށ.އަތޮޅު ކައުންސިލުން މިކަމަށް ޚާއްސަ ކޮށް ދޭން ތައާރަފް ކޮށްފައިވާ އެވޯޑެކެވެ.

ށ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު މާއުނގޫދޫގައި ބާއްވާ ޚާއްސަ ޖަލްސާގައި މި އެވޯޑް ދިނުމަށެވެ.

ށ.އަތޮޅު ކައުންސިލުން އަތޮޅު ފެންވަރުގައި މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ މާއުނގޫދޫ ގައެވެ. ޖަލްސާގެ އިތުރުން އެ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގައި ސަގާފީ ކުޅިވަރުތަކާއި، ދިވެހި ކެއުން ހިމެނޭ ޖާފަތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެވެ. އެދުވަސް މިއަހަރު ދިމާވަނީ މި މަހުގެ 4 ވަނަ ދުވަހާއެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އެދުވަހު މާލޭގައި ބޭއްވުމަށް ނިންމާފައިވުމާއި އުތީމުގައި ވެސް އެ ދުވަހު  ޣައުމީ ދުވަސް ފާހގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ، ފުށުއެރުން ތަކެއް ހުރުމާއެކު ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ގައުމީ ދުވަހު ބާއްވާ އިވެންޓްތައް ކުރިއަށް ގެންދަން ތާވަލު ކޮށްފައިވަނީ 7 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top