ގުރައިދޫ ގައި ގަސް އިންދުމުގެ މުބާރާތެއް. 1ވަނައަށް 30000 ރުފިޔާ

guraidhoo-island-aerial-850x548-1.jpg

ކ.ގުރައިދޫ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މޯލްޑިވްސް މެގެޒިން

ކ. ގުރައިދޫގެ މަގުތަކުގައި ގަސް އިންދުމުގެ މުބާރާތެއް ބާއްވަން އެ ރަށު ކައުންސިލުން ނިންމައި އެކަން މިއަދު އިއުލާން ކޮށްފި އެވެ.

”ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރި ކުރުމުގެ މުބާރާތް“ ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތާ ގުޅޭގޮތުން ކައުންސިލުން ބުނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މުބާރާތް ކުރިއަށް ދާނީ އެރަށުގެ 14 ސަރަހައްދަކަށް ބަހާލައިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

މުބާރާތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު ކަމުގެ ތަޖުރިބާ ހުރި ރަށުން ބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އެހީގައި1 ވަނަ، 2 ވަނަ އަދި 3 ވަނަ ސަރަހައްދު ހޮވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މިމުބާރާތުގެ 1ވަނައަށް 30000 ރުފިޔާ، 2ވަނައަށް 20000 ރުފިޔާ އަދި 3ވަނައަށް 10000 ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ކައުންސިލުން ބުނީ މުބާރާތަށް އިއުލާނުކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ސަރަހައްދަކުންވެސް މި ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ވާން ވާނެ ކަމަށެވެ. އަދި ރަޖިސްޓްރީވާއިރު ސަރަހައްދަށް ނަމެއް ކަނޑައަޅައި ސަރަހައްދުގެ ލީޑަރު ކަނޑައަޅަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮންމެ ސަރަހައްދަކުންވެސް ކަނޑައަޅާ ލީޑަރަކީ ކައުންސިލުން މުއާމަލާތު ކުރާނެ ފަރާތް ކަމުގައިވާތީ އެ ލީޑަރަކީ ފަސޭހަކަމާއެކު މުއާމަލާތު ކުރެވޭނެ ފަރާތަކަށް ވާންވާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top