ދަރަވަންދޫ ކުނިގޮނޑުގައި ރޯކޮށްލައިފި

dharavandhoo-777x437.jpg

ބ. ދަރަވަންދޫ ކުނިގޮނޑުގައި އަލިފާން ރޯކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭ 8:20 ގައި ހިންގި މިހާދިސާގައި އަލިފާން ރޯކޮށްފައި ވަނީ ކޮންބައެއް ކަމެއް ނޭނގެއެވެ. ފުލުހުންނާއި ދަރަވަންދޫ އެއާޕޯޓުގައި މަސައްކަތްކުރާ ފަޔަރުން ގުޅިގެން ކުރި މަސައްކަތުން މާގިނަ އިރުތަކެއް ނުވެ  ނިއްވާލެވުނު ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.

އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. އަދި ދުމުގެ އަސަރު ކޮށްގެން ވެސް  އެއްވެސް މީހަކަށް މައްސަލައެއް ދިމާ ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ދެދުވަސް ކުރިން ވެސް ދަރަވަންދޫ އެއާޕޯޓު ހުޅަނގުކޮޅު ވަލުތެރޭގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިސާގައި 3000 އަކަމީޓަރުގެ ސަރަޙައްދެއްގައި ރޯވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top