ތުޅާދޫ އެއްގަމުތޮއްޓާއި ބޭރުތޮށި އަޕްގްރޭޑް ކުރަން އެމްޓީސީސީއަށް

big_5JCZeAfES6AJSKYp1lQNaGqfG.jpg

ބ.ތުޅާދޫ އެއްގަމުތޮއްޓާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

މި މަޝްރޫޢުގެ ދަށުން 551.91 މީޓަރުގެ އެއްގަމުތޮށި މަރާމާތުކޮށް، 551.91 މީޓަރުގެ ސްކަވަރ އޭޕްރޮންއެއް ލާނެއެވެ. އަދި 1 ރޭމްޕު ހެދުމާއި، 11 މޫރިން ބޮއި ހަރުކޮށް، 468 މީޓަރުގެ ބޭރުތޮއްޓެއް ޖަހާނެއެވެ. މީގެއިތުރުން 15 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރއެއް ޖެހުމާއި 1 ޖެޓީ ހެދުމާއި 1 އެކްސެސް ޕްލޭޓްފޯމެއް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 22،800،727.69 ރުފިޔާއަށެވެ.

އެއްބަސްވުމުގައިވާ ގޮތުން މި މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top