އޭދަފުއްޓަށް އިސްލާމީ މަރުކަޒަކާއެކު ގިނަ ވައުދުތަކެއް

ުހުހ.jpg

ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް އޭދަފުށި ތައްޔާރުވެފައި ---އީވީ ފޮޓޯ

ބ. އޭދަފުށީީގައި އިސްލާމީ މަރުކަޒެއް އަޅައިދިނުމާއެކު ދިނުމާއެކު އިތުރު ގިނަ މަޝްރޫތަކެއް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނަށް ބ.އަތޮޅަށާއި ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އޭދަފުއްޓަށް ވަޑައިގެން އޭދަފުށީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އޭދަފުއްޓަކީ ވަރަށް ޚާއްސަ ރަށެއްކަމަށެވެ. މިގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާއަށް ބެލިއަސް ފާހަގަކޮށްލެވޭ ރަށެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ އިސްލާމްދީނުގެ ކަންކަން ބަލައި ހޯދުމަށް މަސައްކަތްކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމުން ދީނީ އިލްމު ފަހިކުރުމުގެ ދާއިރާއިން ރަށުގައި ވަސީލަތްތައް ގާއިމްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މާލެ ފިޔަވައި އެންމެ ފުރަތަމަ ރަށެއްގެ ސިއްހީ މަރުކަޒު ހުޅުވީ އޭދަފުށީގައި ކަމަށާއި އެންމެ ފުރަތަމަ އެ ސިއްހީ މަރުކަޒުގެ އިސްވެރިއަކަށް ވަޑައިގަތް ރައީސްގެ ބޮޑުބޭބޭފުޅާއި އެކު ސިއްހީ މަރުކަޒަށް 50 އަހަރު ފުރުނު މުނާސަބަތުގައި ވެސް ރައީސް ސޯލިހު ވަޑައިގެންނެވި ކަަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައިއިރު، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ މިރަށު މަގުތައް ތަރައްގީކުރުން ކަމަށެވެ. މިހެންކަމުން އޭދަފުށީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުންވެސް ގިނަ ވައުދުތަކެއް އޭދަފުއްޓަށް ވެވަޑައިގެންނެވި އެވެ.

އޭދަފުއްޓަށް ރައީސް ވެވަޑައިގެންނެވި ބައެއް ވައުދުތައް

ހުރިހާ މަގެއް ޒަމާނީ ފެންވަރެއްގައި ތަރައްގީކުރުން.

ކުރިއަށް އޮތް ދައުރުގައި ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުން

ބަނދަރުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް މަސް ނުވަތަ މި މަހު ފެށުން

ރޯ ހައުސް ނުވަތަ ފްލެޓް އަޅައިދިނުން

ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކޮށްދިނުން

ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމްކޮށްދިނުން

އޭދަފުށީގައި އިސްލާމީ މަރުކަޒެއް ގާއިމްކުރުން

މީގެ އިތުރުން ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން މި ރަށުގެ ބަނދަރުގެ މައްސަަލަ ހައްލުކުރުމުގެ ގޮތުން ދެކުނު ފަރާތު ބަނދަރުގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އޭދަފުށީ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާނެ ކަމަކީ މި ރަށަށް ކުރިއެރުމާއި ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެވޭނީ މި ސަރުކާރަށްކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top